އޭދަފުށީ ކުއްޖާއަށް އަނިޔާކުރި މަންމަ ހައްޔަރު ކޮށްފި

ބ. އޭދަފުށީގައި ޢުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާކުރިކަމުގެ ތުހުމަތުގައި އެ ކުއްޖާގެ މަންމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. ފުލުހުން ބުނީ ޢުމުރުން 27 އަހަރުގެ އަންހެމީހާ ...

29 Jan 2015 | 07:06

ބ. އޭދަފުށީގައި ޢުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާކުރިކަމުގެ ތުހުމަތުގައި އެ ކުއްޖާގެ މަންމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ ޢުމުރުން 27 އަހަރުގެ އަންހެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ބ. އަތޮޅު ފެމިލީ އެންޑް ޗިލްރަން ސަރވިސް ސެންޓަރުން ފުލުހުންނަށް ހުށަހެޅި މައްސަލައަކާގުޅިގެން 2015 ޖެނުއަރީ 27 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ބ. އޭދަފުށި މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކުރުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް ހަތަރު ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް