މާއީލް ހޯދުމަށް ކަނޑުގެ ސަރަހައްދުތައް ބަލަން ފަށައިފި

މީގެ ދެދުވަސް ކުރިން ށ. ފިރުނބައިދޫ އިން ގެއްލިގެން ހޯދަމުން އަންނަ ދ. ކުޑަހުވަދޫ، ހިރިނާދޫ، ޢަބްދުﷲ މާޢީލް (24އ) ހޯދުމަށް  ފިރުނބައިދޫ ހިމެނޭ ކަނޑުގެ ސަރަހައްދު ބެލުމުގެ މަސައްކަތް ފަށާފައިވާކަމަށް ފ...

29 Jan 2015 | 05:52

މީގެ ދެދުވަސް ކުރިން ށ. ފިރުނބައިދޫ އިން ގެއްލިގެން ހޯދަމުން އަންނަ ދ. ކުޑަހުވަދޫ، ހިރިނާދޫ، ޢަބްދުﷲ މާޢީލް (24އ) ހޯދުމަށް  ފިރުނބައިދޫ ހިމެނޭ ކަނޑުގެ ސަރަހައްދު ބެލުމުގެ މަސައްކަތް ފަށާފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ށ.އަތޮޅު ޕޮލިސް ސްޓޭޝަނުން ބުނެފައިވަނީ މާއީލް ހޯދުމަށް މިއަދު ބަލަމުންދަނީ ކަނޑުގެ ސަރަހައްދު ކަމަށާއި މިކަމުގައި އެމްއެންޑީއެފްގެ ކޯސްޓްގާޑް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި އެ ސަރަހައްދުގައި ދަތުރުކުރާ މަސްވެރިންގެ ފަރާތްތަކުންވެސް މިކަމުގައި އެހީތެރިކަން ބޭނުންވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނެފައިވަނީ  ޢަބްދުﷲ މާޢީލް ވީ ވަކި ތަނެއް ނޭނގި ގެއްލިފައިވަނީ 2015 ޖެނުއަރީ 27 ވަނަ ދުވަހުގެ ހަވީރު  17:30 ހާއިރުއެވެ. އޭނާ ގެއްލިފައިވާކަމުގެ މަޢުލޫމާތު ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ހަމަ އެ ދުވަހުގެ 18:30 ހާއިރު ކަމަށެވެ.

ޢަބްދުﷲ މާޢީލް އެންމެ ފަހުން ފެނިފައިވަނީ އޭނާ މަސައްކަތްކުރާ  ރަށް ކަމަށްވާ ށ. ފިރުނބައިދޫ އިން ފުރުމަށްޓަކައި ދަބަސް ހިފައިގެން އެ ރަށު އަތިރިމައްޗަށް ނުކުމެ ހުއްޓައި އިއްޔެ 17:30 ހާއިރު އެވެ. އެއިރު އޭނާ ހުރީ ހުދުކުލައިގެ ގަމީހަކާއި މަޑު މުށި ކުލައިގެ ޖީންސެއް ލައިގެން ކަމަށާއި އަދި ޢަބްދުﷲ މާޢީލް އަކީ ލޮލުގެ ކުލަ ކަޅު، އިސްތަށިގަނޑު ކުރު، މެދުމިނެއްގެ އިސްކޮޅެއް ހުންނަ، ހަށިގަނޑު ހިކިކޮށް ހުންނަ ޒުވާނެއް ކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް