ރަހުމްކުޑަ އަނިޔާތަކަކަށްފަހު މަރާލާފައި އޮއްވާ އިއްޔެ ވ.ރަކީދޫއިން ފެނުނު ކުޑަ ކުއްޖާ މައްސަލައިގާ ރައީސް އޮފީހުގެ ތަރުޖަމާނުގެ ފާޑު ކިޔުންތައް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އަށް އަމާޒު ކޮށްފި އެވެ.
އެގޮތުން ތަރުޖަމާނު އިބްރާހިމް މުއާޒް މިއަދު ދެ ޓްވީޓެއް މިހާތަނަށް ކުރައްވާފައިވާއިރު އެއް ޓްވީޓްގައި ވިދާޅުވެފައިވަނީ އެޗްއާރުސީއެމް އަކީ ޖަލުގައިތިބޭ މީހުންނާއި މުޒާހަރާ ކުރާ މީހުންގެ ރައިޓްސް އެކަނި ހިމާޔަތްކުރަން އޮންނަ ތަނެއް ކަމަށް ވަންޏާ ހިތާމަ ހުރި ކަމަށެވެ.
https://twitter.com/IbrahimMuazAli/status/560658959460089856
އަނެއް ޓްވީޓްގައި މަރުވި "ދަރިފުޅުގެ" ކުށަކީ ކޮބައިތޯއާއި، އެޗްއާރުސީއެމާއި ރިޕޯޓާއި ސްޓޭޓްމެންޓާއި ތަހުގީގު ކޮބައިތޯ ސުވާލު އުފައްދާފައި ވެއެވެ.
https://twitter.com/IbrahimMuazAli/status/560657684748189696
ބޮޑެތި ޒަހަމް ތަކަކާއެކު “މަރާލާފައިވާ” އިބްތިހާލްގެ ހަށިގަނޑު އިތުރު ތަހުލީލުތައް ކުރުމަށް މާލެ ގެނެސްފައިވާއިރު އެރަށު ވ.ރަކީދޫ މީހުން ތުހުމަތު ކުރަނީ އެ ކުއްޖާ މަރާލީ އެ ކުއްޖާގެ މަންމަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް