ގުޅީ ސްކޫލުގައި އިއްޔެ ހިނގި ހަމަނުޖެހުމަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރުކޮށްފި އެވެ.
ގުޅީ ސްކޫލުގައި އިއްޔެ ހަމަނުޖެހުން ހިނގީ ސްކޫލް ޕީޓީއޭއަށް މެންބަރުން ކަނޑައެޅިތާ އެއްދުވަސް ފަހުން ޕީޓީއޭ އުވާލުމާއި ގުޅިގެން އިއްޔެ ބެލެނިވެރިން ނުކުމެ ސްކޫލް ކައިރީގައި މުޒާހަރާކުރުމާއި ގުޅިގެންނެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާރާމާރީއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ 22 އަހަރުގެ ފިރިހެނެއް ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ގުޅީ ސްކޫލްގެ ޕްރިންސިޕްލަށް އިންޒާރުދީ، ބިރުދައްކާ، މާރާމާރީ ހިންގުމާ ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް