އިބްތިހާލްގެ މަރުގެ ޒިންމާ ނަގަންޖެހޭ ފަރާތްތަކަށް އަދަބު ދޭނަން: ރައީސް

އަނިޔާކޮށް މަރާލާފައި އޮއްވައި ވ. ރަކީދޫން ފެނުނު ތިން އަހަރުގެ ފިރިހެން ކުއްޖާގެ މަރުގެ މައްސަލާގައި ކުށްވެރިވާ ހުރިހާ ފަރާތްތަކަށް ހަރުކަށި އަދަބު ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން...

29 Jan 2015 | 05:17

އަނިޔާކޮށް މަރާލާފައި އޮއްވައި ވ. ރަކީދޫން ފެނުނު ތިން އަހަރުގެ ފިރިހެން ކުއްޖާގެ މަރުގެ މައްސަލާގައި ކުށްވެރިވާ ހުރިހާ ފަރާތްތަކަށް ހަރުކަށި އަދަބު ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ރޭ ކުޅުނު ޕީޕަލްސް ކަޕުގެ ފައިނަލް މެޗަށް ފަހު ޕްރެޒެންޓަރު މެދުވެރިކޮށް ދެއްވި މެސެޖެއްގަ އެވެ.

ފައިނަލް މެޗަށް ފަހު، އިބްތިހާލްގެ މަރާ ގުޅިގެން ގަލޮޅު ދަނޑުގައި ރޭ ވަނީ އެއް މިނެޓުގެ ސުކޫތެއް ގެނެސްފަ އެވެ.

އިބްތިހާލުގެ މަރުގެ މައްސަލާގައި އަދިވެސް ޖެންޑާ މިނިސްޓްރީއާ ފުލުހުން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައިއެއް ނުވެ އެވެ. ނަމަވެސް ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ އެ މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ރޭ ބުނެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް