ޗީފް އޮފް ޑިފެންސް ފޯސް ރިޓަޔާ ކުރައްވާކަށް ނޫޅޭ: އެމްއެންޑީއެފް

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް ރިޓަޔާ ކުރައްވަން އުޅޭ ކަމަށްބުނެ ފެތުރެމުންދަނީ ދޮގު ހަބަރެއް ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ. އެ މުއައްސަސާއިން މިކަން ހާމަކުރީ ދެންމެ ނެރުނ...

29 Jan 2015 | 05:14

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް ރިޓަޔާ ކުރައްވަން އުޅޭ ކަމަށްބުނެ ފެތުރެމުންދަނީ ދޮގު ހަބަރެއް ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެ މުއައްސަސާއިން މިކަން ހާމަކުރީ ދެންމެ ނެރުނު ކުރު ބަޔާނެއްގަ އެވެ. އެ ބަޔާނުގައި ވިދާޅުވެފައިވަނީ "ޗީފް އޮފް ޑިފެންސް ފޯސް ރިޓަޔަރ ކުރެއްވުމާ ގުޅޭގޮތުން މީޑިއާގެއެކި ވަސީލަތްތަކުގައި ފެތުރެމުންދާ ވާހަކަތަކަކީ އެކަމުގައި އެއްވެސް ޙަޤީޤަތެއް ނެތް ދޮގު ވާހަކަތަކެއް ކަމުގައި ދަންނަވާ" ކަމަށެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް ރިޓަޔާ ކުރައްވަން އުޅޭ ކަމުގެ ހަބަރުތައް ބައެއް މީޑިއާތަކުން އިއްޔެ ވަނީ ގެނެސްދީފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް