ކޯމަހެއް ހިފައި، އެ މަހާއެކު ފޮޓޯ ނެގި ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ އެފަދަ މައްސަލައެއް އީޕީއޭއަށް ރިޕޯޓްކޮށްފައިވާކަމަށާއި އަދި އެ ފޮޓޯއިން ފެންނަނީ ކޮންބައެއްކަން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ފުރަތަމަ އަޅުގަނޑުމެން އަމިއްލައަށް މަސައްކަތް ކުރާނީ އެއީ ކޮންބައެއްތޯ ދެނެގަތުމަށް، ނޭންގިއްޖެނަމަ ފުލުހުންގެ އެހީއަށް އެދޭނީ" ނައީމް ވިދާޅުވި އެވެ.
ނައީމް އިތުރަށް ވިދާޅުވީ އެއީ ކޮންބައެއްކަން ދެނެގަތުމަށްފަހު ގާނޫނީގޮތުން އެބަޔަކާމެދު އަޅަންޖެހޭ ފިޔަވަޅެއް އެޅުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެ ކަމަށެވެ.
ދިގުމިނުގައި ގާތްގަނޑަކަށް ހަތް ފޫޓު ހުރި ކޯމަހެއް ހިފައިގެން ތިބެ ނަގާފައިވާ ފޮޓޯތައް ފޭސްބުކްގައި ދަނީ ދައުރުވަމުންނެވެ. އެ ފޮޓޯތަކުން ފެންނަގޮތުން ކޯމަސް ހިފައިގެން ފޮޓޯއަށް ހުއްޓިގެން ތިބެނީ ފަސް މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް