އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަރު ކަމަށް ޒަކަރިއްޔާ މަންސޫރު ހަމަޖައްސައިފި

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ކޮމާންޑަރުގެ މަޤާމަށް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު ހަމަޖައްސައިފި އެވެ. އެމްއެންޑީއެފުން ބުނީ މިކަމަށްޓަކައި އިއްޔެ ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައ...

29 Jan 2015 | 03:30

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ކޮމާންޑަރުގެ މަޤާމަށް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު ހަމަޖައްސައިފި އެވެ.

އެމްއެންޑީއެފުން ބުނީ މިކަމަށްޓަކައި އިއްޔެ ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރާއި މަޤާމުގެ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލު ކަމަށެވެ.

މި މަޤާމަކީ ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރާއި ހަވާލުކުރެވިފައިވާ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ޑައިރެކްޓަރ ޖެނެރަލް އޮފް ކައުންޓަރ ޓެރަރިޒަމްގެ މަޤާމުގެ އިތުރުން ހަވާލުކުރެވުނު މަޤާމެއްގެ ގޮތުގައި ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް