މާލެއިން ނިލަންދުއަށް ދަތުރުކުރި ބޯޓެއް ފިލިތެޔޮ ކައިރިއަށް ފަރަށް އަރައިފި

މާލެއިން މުދާ ބަރުކޮށްގެން ފ.ނިލަންދުއަށް ދަތުރު ކުރަމުންދިޔަ "ފަސޭހަ" ނަކަމަށް ކިޔާ ބޯޓެއް ފިލިތެޔޮ ކައިރިން ފަރަށް އަރައިފި އެވެ. ދުވަހަށް މައުލޫމާތު ދެމުން އެ ބޯޓާ ހަވާލުވެހުރި އަބްދުލް ގާދިރު މޫސާ...

29 Jan 2015 | 03:04

މާލެއިން މުދާ ބަރުކޮށްގެން ފ.ނިލަންދުއަށް ދަތުރު ކުރަމުންދިޔަ "ފަސޭހަ" ނަކަމަށް ކިޔާ ބޯޓެއް ފިލިތެޔޮ ކައިރިން ފަރަށް އަރައިފި އެވެ.

ދުވަހަށް މައުލޫމާތު ދެމުން އެ ބޯޓާ ހަވާލުވެހުރި އަބްދުލް ގާދިރު މޫސާ ބުނީ ބޯޓު ފަރަށް އެރީ ފަތިހު 5:00 ހާއިރު ކަމަށާއި ދޯނި ފުން ކުރުމުގެ މަސައްކަތް އެމްއެންޑީއެފާއި އަދި އިތުރު ދެ ދޯންޏެއްގެ އެހީގައި ކުރަމުން އަންނަ ކަމަށެވެ.

"އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ، މުދަލަކަށްވެސް އަދި ބޯޓަކަށްވެސް އަދި ގެއްލުމެއް ނުލިބޭ، އެހެން ނަމަވެސް ބޯޓު ތިލަވަމުންދަނީ، އެމްއެންޑީއެފާއި އިތުރު ދެ ދޯންޏެއްގެ އެހީގައި ބޯޓު ފުން ކުރެވޭތޯ މަސައްކަތް ކުރަމުން ދަނީ" ގާދިރު ބުންޏެވެ.

ގާދިރު އިތުރަށް ބުނީ އެ ބޯޓުން 40 ހަކަށް މީހުން ދަތުރު ކުރި ކަމަށާއި ބޯޓުގައި ތިބި 15 އަންހެނުން ފިލިތެޔޮ ރިސޯޓަށް ފޮނުވާލާފައިވާކަމަށެވެ.

ތަފްސީލް އަންނަނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް