ފޭސްބުކް ޑައުންވުމުން 911 އަށް ނުގުޅުމަށް އިލްތިމާސްކޮށްފި

އިއްޔެގެ ވަގުތެއްގައި ފޭސްބުކާއި އިންސްޓަގްރާމް ޑައުންވެފައިވާއިރު، އެފަދަ އެއްވެސް ހާލަތެއްގައި 911 އަށް ނުގުޅުމަށް ކެލިފޯނިއާގެ ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކޮށްފި އެވެ. އެ ފަރާތްތަކުން ބުނެފައިވ...

29 Jan 2015 | 02:12

އިއްޔެގެ ވަގުތެއްގައި ފޭސްބުކާއި އިންސްޓަގްރާމް ޑައުންވެފައިވާއިރު، އެފަދަ އެއްވެސް ހާލަތެއްގައި 911 އަށް ނުގުޅުމަށް ކެލިފޯނިއާގެ ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކޮށްފި އެވެ.

އެ ފަރާތްތަކުން ބުނެފައިވަނީ އިއްޔެ ފޭސްބުކާއި އިންސްޓަގްރާމް ޑައުން ވުމުން ގިނައަދަދެއްގެ ބަޔަކު 911 އަށް ފޯނުކޮށް ފޭސްބުކަށް އަލުން ވަދެވޭނީ ކޮން އިރަކުތޯ ސުވާލު ކުރި ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ތިން ހަތަރު ފަހަރު ފޯނު ކުރި ކަމަށްވެސް ކެލިފޯނިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

"އަހަންނަށްވެސް އެފަދަ ފަސް ކޯލަކަށް ޖަވާބު ދޭން ޖެހުނު، ކޮންމެ މީހަކުވެސް އަހަނީ ފޭސްބުކަށް ނުވަދެވެނީ ކީއްވެހޭ، ދެން ވަދެވޭނީ ކޮން އިރަކުހޭ" ކެލިފޯނިއާ 911 ގައި މަސައްކަތްކުރާ މުވައްޒަފަކު ބުނެފައި ވެއެވެ.

ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ 911 އަކީ އެމަޖެންސީ ހާލަތްތަކުގައި ގުޅަންޖެހޭ ނަމަބަރެއް ކަމަށާއި ފޭސްބުކް ޑައުން ވުމަކީ އެމަޖެންސީއެއް ކަމަށް ނުދެކޭ ކަމަށެވެ. އަދި އެފަދަ ކަންކަން ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް