ގެއްލިގެން ހޯދަމުންދިޔަ އުމްރާވެރިޔާ ފެނިފައިވާކަމަށާއި ހާލު ރަނގަޅުކަމަށް ޔަލަމްލަމް ޖަމާއަތުން ބުނެފިއެވެ.
އެ ޖަމާއަތުން ދެންމެ ބުނީ ހުސެއިން މުހައްމަދު ދީދީ ހެޔޮ ހާލުގައި ހުއްޓާ ފެނިފައިވާކަމަށާއި އޭނާ ހޯދުމަށް މަސައްކަތްކޮށްދެއްވި އަދި ހެޔޮ ދުއާކޮށްދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވާކަމަށެވެ.
މިރޭ އިރާކޮޅު އެ ޖަމާއަތުން ބުނެފައިވަނީ އެ ޖަމާއަތުގެ ހަވާލުގައި އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާގެ މައްކާއަށް އިއްޔެ މެންދުރުފަހު ފްލައިޓުން ދަތުރުކުރި އުމްރާވެރިންގެ ތެރޭގައި ހިމެނޭ، ޏ. ފުވައްމުލައް، ދޫނޑިގަން، ސްޓެއްލާ، އުމުރުން 63 އަހަރުގެ ހުސައިން މުހައްމަދު ދީދީ އުމްރާގެ އަޅުކަން ފުރިހަމަކުރުމަށް ސަޢީ ކުރަނިކޮށް އާއިލާއާ ވަކިވެ ގެއްލުނު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް