އާރްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) އަދި އާރްޑީސީގެ ކުރީގެ ސީއެފްއޯ ޔާސިރް ހަސަންގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ދެންމެ ބުނީ ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައަކާއި ގުޅިގެން މި ދެމީހުން ފުރުން މަނާކުރުމުގެ އަމުރު ނެރެ އެކަން އެ ފަރާތްތަކަށް މިހާރު އަންގާފައިވާނެކަމަށެވެ.
މޫކޭއާއި ޔާސިރްގެ ޕާސްޕޯޓު ހިފަހައްޓާފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުން ވަނީ މޫކޭ ދިރިއުޅޭ ގެއާއި ޔާސިރް އާއި ގުޅުންހުރި ދެ ތަނެއް ބަލާ ފާސްކޮށް އިލެކްޓްރޯނިކް އާލާތްތައް ސީޒްކޮށްފައެވެ.
ބަލަމުން އަންނަނީ ކޮން މައްސަލައެއްކަން ސީދާ ފުލުހުން ނުބުނި ނަމަވެސް އާރްޑީސީގެ ރަސްމީ ބޭންކް އެކައުންޓުން އާންމު ބޭންކް އެކައުންޓްތަކަކަށް ފައިސާ ފޮނުވި މައްސަލައެއް މީގެ އަހަރެއްހާ ދުވަސް ކުރިން ބަލަން ފަށާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް