އުމްރާގެ އަޅުކަން އަދާކުރުމަށް ސަޢޫދީ އަރަބިއްޔާއަށް ދަތުރުކުރި ދިވެއްސަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން އެބަ ގެންދެއެވެ.
ޔަލަމްލަމް ޖަމާއަތުން މިއަދު ބުނެފައިވަނީ އެ ޖަމާއަތުގެ ހަވާލުގައި އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާގެ މައްކާއަށް އިއްޔެ މެންދުރުފަހު ފްލައިޓުން ދަތުރުކުރި އުމްރާވެރިންގެ ތެރޭގައި ހިމެނޭ، ޏ. ފުވައްމުލައް، ދޫނޑިގަން، ސްޓެއްލާ، އުމުރުން 63 އަހަރުގެ ހުސައިން މުހައްމަދު ދީދީ ވަނީ އުމްރާގެ އަޅުކަން ފުރިހަމަކުރުމަށް ސަޢީ ކުރަނިކޮށް އާއިލާއާ ވަކިވެ ގެއްލިފައިކަމަށެވެ.
ގެއްލުނު އިރު ހުންނެވީ އިހްރާމްގައި ކަމަށާއި އަދި ކަރުގައި އެ ޖަމާއަތުގެ ފާސްވެސް އަޅާފައި އޮންނާނެކަމަށް އެ ޖަމާއަތުން ބުނެފައިވެއެވެ.
އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ގުޅުމަށް މައްކާގެ ދެ ނަމްބަރަކާއި ރާއްޖޭގެ ދެ ނަމްބަރެއް އެ ޖަމާއަތުން ހިއްސާކޮށްފައިވެއެވެ. އެއީ މައްކާއިންނަމަ +966565836862 އަދި +966593709493 އެވެ. ރާއްޖެއިން ނަމަ 9199919 އަދި 7901612 އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް