ތިމަރަފުށީގައި ފަސް މީހުންގެ ގްރޫޕަކުން ގެއަކަށް ވަދެ މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީފިއެވެ.
ފުލުހުން ބުނީ ތިމަރަފުށީގައި ފަސް މީހުންގެ ގްރޫޕަކުން ގެއަކަށް ވަދެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލަ ތަހުގީގުކުރަން ފަށާފައިވާކަމަށެވެ.
މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނީ މި މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރު13:27 ހާއިރު ކަމަށެވެ.
މިކަމާ ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް