ޖަޕާނުގެ މަޖިލިސް މެންބަރަކު ރާއްޖޭގެ ރިސޯޓެއްގައި އަވަހާރަވެއްޖެ

ޖަޕާނުގެ ލިބަރަލް ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރަކު ރާއްޖޭގެ ރިސޯޓެއްގައި އަވަހާރަވެއްޖެއެވެ. ރާއްޖޭގައި ޗުއްޓީ ހޭދަކުރައްވަމުން ގެންދަވަނިކޮށް ހިނގި ހިތާމަވެރި ހާދިސާއެއްގައި އަވަހ...

28 Dec 2024 | 07:26

ޖަޕާނުގެ ލިބަރަލް ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރަކު ރާއްޖޭގެ ރިސޯޓެއްގައި އަވަހާރަވެއްޖެއެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކުރައްވަމުން ގެންދަވަނިކޮށް ހިނގި ހިތާމަވެރި ހާދިސާއެއްގައި އަވަހާރަވީ، އުމުން 70 އަހަރުގެ ތޮށިޔޫކީ އަޑާޗީ އެވެ.

ޖަޕާނުގެ ނޫސްތަކުގައި އެކަން ކަށަވަރުކޮށްދީފައިވެއެވެ.

ދުވަހަށް މައުލޫމާތުދެމުން ފުލުހުންގެ މީޑިއާ އޮފިސަރަކު ވިދާޅުވީ އެފަދަ ހާދިސާއެއް ހިނގާފައިވަނީ ޅ. އަތޮޅުގައި ހިންގަމުން އަންނަ ރިސޯޓެއްގައި ކަމަށެވެ.

ފީނަން އުޅުނު ޖަޕާނަށް ނިސްބަތްވާ އުމުރުން 70 އަހަރުގެ ފަތުރުވެރިއެއްގެ ފުރާނަ ގެއްލިފައިވާކަމުގެ ރިޕޯޓް އިއްޔެ ލިބިފައިވާކަމަށާއި އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުންގެ އޮފިސަރު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް