އަލިފާނުގެ ހާދިސާ ތަހުގީގުކުރަން އައި އިންޑިއާ ޓީމު ދެ ދުވަސްތެރޭގައި ފުރައިފި

ގްރީން ބިލްޑިންގ ގައި ހިނގި އަލިފާނުގެ ހާދިސާ ތަހުގީގުކުރަން އިންޑިއާއިން އައި ޓީމު ފުރާފައިވާކަމަށް ފުލުހުން ބުނެފިއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން މިއަދު ބުނީ އެ ޓީމު މިދިޔަ އާދީއްތަ ދުވ...

28 Dec 2024 | 06:32

ގްރީން ބިލްޑިންގ ގައި ހިނގި އަލިފާނުގެ ހާދިސާ ތަހުގީގުކުރަން އިންޑިއާއިން އައި ޓީމު ފުރާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން މިއަދު ބުނީ އެ ޓީމު މިދިޔަ އާދީއްތަ ދުވަހު (22 ވަނަ ދުވަހު) ފުރާފައިވާކަމަށެވެ. އެ ޓީމު ރާއްޖެ އައި ކަމަށް ފުލުހުން ބުނެފައިވަނީ އޭގެ ދެ ދުވަސް ކުރިން 20 ވަނަ ދުވަހުގައެވެ.

ފުލުހުން މިއަދު ބުނެފައިވަނީ އިންޑިއާގެ ތަޖުރިބާކާރުންގެ ޓީމުން ވަނީ ހާދިސާ ހިނގި ތަން ބަލައި، ތަހުގީގު ފުރިހަމަ ކުރުމަށް ބޭނުންވާ އެންމެހައި ކަންކަން ދިރާސާކޮށްފައި ކަމަށާއި މީގެ އިތުރުން، ހާދިސާއާ ގުޅޭ ފޮޓޯ، ވީޑިއޯ އަދި ސީސީޓީވީ ފުޓޭޖްގެ އިތުރުން ހާދިސާއާ ގުޅުންހުރި މުހިންމު މައުލޫމާތުތައް ޓީމާ ހިއްސާކުރެވިފައިވާނެކަމަށެވެ.

ފޯރުކޮށްދެވުނު މައުލޫމާތުތަކާއި ތަކެތި ދިރާސާކުރުމަށްފަހު، އެ ޓީމުގެ ހޯދުންތައް ދިވެހި ފުލުހުންގެ ޚިދުމަތާ ހިއްސާކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ފުލުހުން މިއަދު ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް