ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ޖެޓް އެރައިވަލްސް އަށް 68 ޕާކިން ސްލޮޓް އިތުރުކޮށް ވިންޓާ ސުޕަ ޕީކް ސީޒަނަށް ތައްޔާރުވެއްޖެއެވެ.
ވިންޓާ ސުޕަ ޕީކަށް ތައްޔާރުވުމުގެ ގޮތުން ވީއައިއޭ އިން ވަނީ އަލަށް ތަރައްގީކުރި ޕާކިން ސްލޮޓް (ރޭމްޕް އޭރިއާ) ގެ ބޭނުން ހިފައި ޖުމްލަ 68 ޖެޓް ޖެއްސޭނެ ކަމަށް ބުނެފައެވެ.
މި ކާމިޔާބީއަކީ ޖެނެރަލް އޭވިއޭޝަންގެ މަތިންދާބޯޓުތަކަށް އަލަށް ކަނޑައެޅި ޕާކިން އޭރިއާތަކުގެ ސަބަބުން ގެނެވުނު އެފިޝަންސީ އާއި ކެޕޭސިޓީ އިތުރުކުރުމުގެ ހެއްކެކެވެ. މި އާ ޕާކިން ސްލޮޓްތައް ތަރައްގީ ކުރުމުގެ ކުރިން ވީއައިއޭގައި 39 ބޯޓު ބޭއްވޭ ނަމަވެސް އާ ފިއުލް ފާމް ކުރިމަތީގައި އަދި ހުޅަނގު ދެކުނު ފަރާތުގައި ސްޓްރެޓެޖިކް އެޑިޝަންތަކާ އެކު އެއާޕޯޓުގައި އެއްފަހަރާ 68 ޖެޓް ބޭއްވޭނެއެވެ. ޕާކިން އޭރިއާތަކުގެ ތަނަވަސްކަމަށް ބަލާއިރު، ނޯތު އޭޕްރަންގައި 13 ޖެޓު، އިރުމަތީ އޭޕްރަންގައި 26 ޖެޓު، ފިއުލް ފާމް ކުރިމަތީގެ އައު ޖީއޭ ޕާކިންގައި 13 ޖެޓު އަދި ދެކުނުގެ އައު ޖީއޭ ޕާކިންގައި 16 ޖެޓު ބޭއްވޭނެ ކަމަށް ވީއައިއޭ އިން މައުލޫމާތުދެއެވެ.
އެމްއޭސީއެލް އިން ވަނީ ހުޅަނގު ދެކުނު ފަރާތުގައި 27،257 އަކަ މީޓަރުގެ ޕާކިން އޭރިއާއެއް ތަރައްގީކޮށް، އަދި އުތުރުގައި 27،590 އަކަ މީޓަރުގެ ޕާކިން އޭރިއާއެއް ތަރައްގީކޮށްފައެވެ. މިއީ ފިނި މޫސުމުގެ ޕީކްގައި ރާއްޖެއަށް ވައިގެ ދަތުރުފަތުރަށް އޮތް ޑިމާންޑް އިތުރުވެ، އޮޕަރޭޝަންތަކާއި ހިދުމަތްތައް ފުޅާކުރުމަށް އެމްއޭސީއެލް އިން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތްތަކެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް