މާލެއިން ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ފެނިއްޖެ އެވެ.
ގެއްލިގެން ހޯދަން ފުލުހުން އިއުލާނު ކުރީ ލ. މާވަށް، ކުންނާރުމާގެ، އުމުރުން 32 އަހަރުގެ މޫސާ އަނީސް އެވެ.
އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރީ އިއްޔެ އެވެ.
ފުލުހުން މިރޭ ކުރި ޓުވީޓެއްގައި ބުނީ، އަނީސް މިހާރު ފެނިފައިވާ ކަމަށެވެ. އަދި އާއިލާއާ ގުޅިފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެކަމަކު ފެނުނު އިރު އޭނާގެ ހާލަތާއި ގުޅޭ އެއްވެސް މަައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ފުލުހުން މިއަދު ހެނދުނު ބުނީ އަނީސް ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓު ކުރީ ހަބަރެއް ނުވަތާ ހަތަރު ދުވަސް ފަހުން ކަމަށެވެ. އެންމެ ފަހުން އާއިލާ އާއި އެނާ މުއާމަލާތް ކުރީ މިމަހުގެ 24 ވަނަ ދުވަހު ކަމަށާއި އޭގެ ފަހުން އޮންނނީ ފޯނު ނިއްވާލާފއި ކަމަށްވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް