ހދ. ކުނބުރުދޫ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ޤާއިމުކުރުމުގެ މަޝްރޫޢު ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން މިއަދު ބުނީ ކުނބުރުދޫ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން، އެކްސަސް ނެރު ފުންކުރުމުގެ މަސައްކަތާއި، އެކްސަސް މަގު ސާފު ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.
އަދި ޑީޕް ސްޓްރިޕް ފައުންޑޭޝަން މަސައްކަތާއި، ލީން ކޮންކްރީޓް އެޅުމުގެ މަސައްކަތް ވަނީ ނިމިފައި ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.
މި މަޝްރޫޢުގެ ދަށުން، ސްޓޯރޭޖް ޝެޑެއް ހެދުމާއި އެކްސަސް ރޭމްޕެއް ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
މިއީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ 10.45 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް