އުރީދޫގެ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ހާއްސަ އޮފާއެއް ތައާރަފު ކޮށްފި އެވެ.
އެ ކުންފުނިން ބުނީ މި އޮފާ އަކީ އާ އަހަރާއި ދިިމާކޮށް ތައާރަފު ކުރި ހާއްސަ އޮފާއެއް ކަމަށެވެ.
މިފަދަ އޮފާއެއްގެ ބޭނުމަކީ އާ އަހަރާއި ދިމާކޮށް ލިބޭ ޗުއްޓީގައި އުފާވެރި ވަގުތުކޮޅަކާއި އެކު ރަނގަޅު ތަނަކަށް ކެއުމަކަށް ދާން ރަނގަޅު ފުރުސަތެއް ދިނުން ކަމަށެވެ.
މި އޮފާގެ ދަށުން ސެންޓްރަލް ޕާކު ކެފޭއިން ހިދުމަތް ހޯދުމުން 23 ޕަސެންޓު ޑިސްކައުންޓު ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ލިބޭނެ އެވެ.
އެ ކެފޭއިން ހިދުމަތް ކުރުމަށް ހޯދުމަށް ފަހު އުރީދޫ އެޕްގައިވާ އެ ކަސްޓަމަރުންގެ ކްލަޕް ޕްރިމިއާ ކާޑު ދައްކާލުމުން ޑިސްކައުންޓު ލިބޭނެ އެވެ.
https://twitter.com/OoredooMaldives/status/1608017535479209984
މި އޮފާ ކުރިޔަށްދާނީ މިމަހުގެ 31 އާއި ޖެނުއަރީ އެއް ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް