2023 ވަނަ އަހަރު ފެށުން ފާހަގަ ކުރަން ޔޫތް މިނިސްޓްރީން ހާއްސަ ޝޯއެއް ބާއްވަން ހަމަޖައްސައިފި އެވެ.
އެ މިނިސްޓްރީން ބުނީ ޝޯ އޮންނާނީ ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ކަމަށެވެ. ޝޯ ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ވަނަ ދުވަހުގެ ރޭ 8:30 ގައި އެވެ.
މި ޝޯގެ ތެރެއިން އާ އަހަރުގެ ފެށުން ފާހަގަ ކުރުމަށް އެރޭ 12:00 ގައި ހަވާ އަރުވާނެ އެވެ. އަދި ގިނަ ދިވެހި ފަންނާނުންނާއި ބޭރުގެ ފަންނާނުން ހިމެނޭހެން މިއުޒިކް ޝޯ ކުރިޔަށް ދާނެ އެވެ.
ރާއްޖެއިން ބޭރުގެ ފަންނާނުންގެ ތެރެއިން މި ޝޯގައި ލަވަކިޔުމަށް ހަމަޖެހިފައިވާ ލަވަކިޔުންތެރިންގެ ތެރޭގައި ބޮލީވުޑްގައި މަޝްހޫރު ޕައުނީ ޕާންޑޭ ހިމެނެ އެވެ.
ޕައުނީ އާއްމުންގެ މެދުގައި ބޮޑަށް މަޝްހޫރުވެގެންދިޔައީ 2017 ވަނަ އަހަރު ނެރުނު ޝާހްރުކް ޚާންގެ ފިލްމް "ރައީސް" އަށް އޭނާ ކިޔައިދިން "ލައިލާ މެ ލައިލާ" އިންނެވެ.
ޕައުނީގެ އިތުރުން ހަބޭސް ބޮޑުބެރު ގްރޫޕް، ހަބޭސް ފިއުޝަން އަދި ހަބޭސް ލެވިޓޭޝަންގެ ހިތްގައިމު ހުށަހެޅުންތަކެއް ފެނިގެންދާނެ ކަމަށް ޔޫތު މިނިސްޓްރީން މައުލޫމާތުދެ އެވެ.
https://twitter.com/MoYSCEmv/status/1608033944179740672
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް