ރޮހިންޔާގެ ބޯޓު އަޑިއަށް ގޮސްފައިވާކަމަށް އދ އަށް ހީވި ހީވުމަށް ނިމުންއައިސް އިންޑޮނޭޝިއާގެ މަސްވެރިންތަކެއް އިއްޔެ އެ ބޯޓުގައިވާ 180 އެއްހާ މުސްލިމު ރެފިއުޖީ އެންމެންސަލާމަތްކޮށްދީފިއެވެ.
އިންޑޮނޭޝިއާގެ އުތުރުން އަންޑަމަން ކަނޑުން އެމީހުން އިއްޔެ ސަލާމަތްވި އިރު އެ ލަކުނޑި ބޯޓުގައި 107 ކުޑަކުދިންނާއެކު 36 ފިފިހެނުންނާއި އެއްތިރީސް އަންހެނުން ތިބިކަމުގައާއި މިހުރިހާ ފަރާތްތަކެއްގެ ހާލު ދެރަކަމަށް އިންޓަރނޭޝަނަލް އޯރގަނައިޒޭޝަން ފޯރ މައިގްރޭޝަން (އައިއޯއެމް) އިން ހާމަކޮށްފައިވެއެވެ. އެގޮތުން 13 ދުވަސްވަންދެން ކާނެ އެއްޗެއް ނުލިބި ލޮނޮފެނުން ބަނޑު ފުރާނަ މުއްތިކުރުމަށް މަސައްކަތްކުރި އެ ހުރިހާ ފަރާތެއްވެސް ބަނޑަށްޖެހި ފެނަށް ޖެހިފައިވާކަމަށް އެމީހުންނަށް އެހީތެރިވުމަށް ހަރަކާތެތެރިވާ އިންޑޮނޭޝިއާގެ ސިއްހީ އެހީތެރިންގެ ޓީމުން ބުނެއެވެ.
ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގެ ކޭންޕުތަކުން މެލޭޝިޔާއަށް ދަތުރު ފެށި މިބޯޓުގެ އިންޖީނު ހުއްޓި ކަނު އަނދިރީގައި ހޭދަވި ދަތުރުގައި 20 މީހުން ނިޔާވެ އެފަރާތްތަކުގެ ފުރާނަނެތް ހަށިގަނޑުތައް ކަނޑަށް އުކާލަންޖެހުނު ކަމަށް ސަލާމަތްވި ފަރާތްތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވެއެވެ.
އައިއޯއެމް ގެ މެޑިކަލް ޓީމުން ދަނީ އެފަރާތަތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ގޮތެއް ހަމަޖެހެންދެން ލޯކަލް ގަވަރމެންޓާއި އާއްމުންގެ ބެލުމުގެ ދަށުގައި ބޭތިއްބޭނެކަމުގައާއި އެޤައުމުގެ ރެފުޖީންނަށް ބޯހިޔާވަހިކަންދޭ އަވަށުން ބޯހިޔާވަހިކަން ހަމަޖައްސައިދޭނެ ކަމުގައި އިންޑޮނޭޝިއާގެ ޤައުމީ ރެފުޖީންގެ ޓާސްކު ފޯސްއިން ބުނެފައިވެއެވެ.
މާތް ތަޢާލާ އެފުރާނަތަކަށް ސަލާމަތުގެ އައްސޭރިކަށް އާދެވުމުގެ ނިއުމަތް ދެއްޗުމަކީ އަޅުގަނޑުމެން ކޮންމެ މިސްލިމްކުވެސް އެކަލާނގެއަށް ޝުކުރުވެރިވާންވާނެ ކަމެކެވެ. އަދި ދުޢާ އަކަށް ވާންވާނީ ދަތި ހާލުން އަރައިގަތުމުގެ މަގު ސަލާމަތްވި އެންމެހާ ފަރާތްކަށް ފަހި ކޮށްދެއްވުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް