ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޓިކެޓު ކަށަވަރުކުރުމަށް ކުރިއަށްގެންދާ ޕްރައިމަރީ ބޮޑުތަނުން ކާމިޔާބު ކުރާނެކަމަށާއި ކޯލީޝަން އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާނީ އެއަށްފަހުގައި ކަމުގައި ރައީސް ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ނޫސްވެރިންގެ އެ ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވިދާޅުވީ ފުރަތަމަ ކަމަކީ ކެނޑިޑަސީ ކަށަވަރުކުރުން ކަމަށާއި ބޮޑުތަނުން އެކަން ކާމިޔާބު ކުރެވޭނެ ކަމަށެވެ.
ސިޔާސަތުތައް ތަންފީޒު ކުރަމުންދާގޮތށް ބަލާފަ ކޯލީޝަން މެންބަރުންގެ ތާއީދު ލިބޭނެކަމަށް ވަރަށް ބޮޑަށް ބެލެވޭ" ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޯލީޝަން އެކުލަވާލުމާއިގުޅޭގޮތުން ރަޝްމީ މަޝްވަރާތަކެއް އަދި ކުރެވިފައިނުވާނެ ކަމަށާއި ނަމަވެސް ޕްރައިމަރީއަށްފަހު އެކަން ކުރިއަށްދާއިރު ބައެއް ވަކި ފަރުދުންނާއި ސިޔާސީ އިތުރު ބޭފުޅުންގެ ތާއީދުވެސް ލިބިގެންދާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް