ރައީސް ނަޝީދާ ހިޔާލު ތަފާތުވުން އޮތީ ވެރިކަމުގައި އަޅުގަނޑު ހުރީތީ: ރައީސް ސޯލިހް

ރައީސް ނަޝީދު ވިދާޅުވެލައްވާގޮތުގައި އެމަނިކުފާނަކީ އަބަދުވެސް ވެރިކަން ބޭނުންފުޅުވާ ބޭފުޅެއް ކަމަށާއި މިހާރު ރައީސް ސޯލިހާއި ދެމެދު އޮތް ހިޔާލު ތަފާތުވުން އޮތް ސަބަބަކީ ވެރިކަމުގައި ރައީސް ސޯލިހް ހުރ...

28 Dec 2022 | 13:23

ރައީސް ނަޝީދު ވިދާޅުވެލައްވާގޮތުގައި އެމަނިކުފާނަކީ އަބަދުވެސް ވެރިކަން ބޭނުންފުޅުވާ ބޭފުޅެއް ކަމަށާއި މިހާރު ރައީސް ސޯލިހާއި ދެމެދު އޮތް ހިޔާލު ތަފާތުވުން އޮތް ސަބަބަކީ ވެރިކަމުގައި ރައީސް ސޯލިހް ހުރުން ކަމުގައި ރައީސް ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ރައީސް ސޯލިހް ވިދާޅުވީ ހިޔާލު ތަފާތުވުމުގެ އަސްލަކީ ރައީސް ކަމުގައި ރައީސް ސޯލިހް ހުރުން ކަމަށާއި ވެރިކަމުގައި ހުންނަވާއިރު ވަކި މީހެއްގެ ވަކި ކަމެއް ހާސިލުކުރަން ފުރުސަތު ނުދެވޭނެ ކަމަށެވެ. ކަންކަން ނިންމަނީ ގިނަ ބަޔަކާ މަޝްވަރާކުރުމަށްފަހުގައި ކަމަށެވެ. ރައީސް ނަޝީދު ވެރިކަމުގައި ރައީސް ނަޝީދުވެސް އަމަލުކުރައްވަމުން ގެންދަވަނީ އެ މޭރުމުން ކަން ފާހަގަކުރެއްވިއެވެ.

"އަޅުގަނޑާ ރައީސް ނަޝީދާ ބައެއް ކަންކަމުގައި ހިޔާލު ތަފާތު ފެށުނީއްސުރެ، އެހެންނަމަވެސް އަބަދުވެސް ކުރިއަށްދެވޭ، ނަޝީދުގެ ވެރިކަމުގައި ނިންމަމުންދިޔަ ބައެއް ކަންކަމަށް ދެކޮޅުހަދާ އެކަން ހާމަވެސް ކުރަމުންދިޔައިން، ނަމަވެސް އޭރު ރައީސް ނަޝީދުވެސް ކަންކަން ނިންމަވާނީ ގިނަ ބައެއްގެ މަޝްވަރާގެ މަތިން" ރައީސް ސޯލިހް ވިދާޅުވިއެވެ.

އަބަދުވެސް ރައީސް ސޯލިހަށް ކުރިމަތިކުރުވާ އެ ސުވާލަށް މިއަދު ޖަވާބުދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ މިހާރު އތް ހިޔާލު ތަފާތުވުމަކީ ރައީސް ކަމުގެ މަގާމުގައި ހުރީމަ އޮތް ހިޔާލު ތަފާތުވުމެއް ކަމަށާއި އެނޫން އެއްވެސް ކަމެއް އޮތްކަމަށް ދެކެނުލައްވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް