މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ފުރުސަތު އެންމެ ބޮޑު ކެނޑިޑޭޓަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އެގޮތުން ރައީސް ސޯލިހް ވިދާޅުވީ ސިޔާސީ މާހައުލު އޮތް ގޮތުން އެއްވެސް ޕާޓީއަކަށް އެކަނި ނިކުމެ އިންތިހާބު ކާމިޔާ ކުރެވިދާނެކަމަށް ގަބޫލު ނުކުރެވޭކަމަށެވެ.
"އެހެންވީމަ އެމްޑީޕީން ނިކުންނަ ކެނޑިޑޭޓަކީ 50 ޕަސެންޓް ކްރޮސް ކުރެވޭނެ ކެނޑިޑޭތަކަށް ވާންޖެހޭނެ، އެ ޔަގީންކަން އެބަ އޮތް" ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޕްރައިމަރީގައި ވާދަކުރެއްވީ ކޯލީޝަނެއް ހަދައިގެން ގޮސް ކާމިޔާބު ކުރެވޭނެ ކަމުގެ އެ ފުރުސަތު އޮތުމުން ކަމަށެވެ.
ދެވަނަ ކަމެއްގެ ގޮތުގައި ރައީސް ވިދާޅުވީ 2018 ގެ ވައުދުތައް ފުއްދާ ނިންމަށްޓަކައި މަސައްކަތްކުރަންޖެހޭ ކަމަށާއި އެކަމަށް ވަގުތު ބޭނުންވާކަމަށެވެ. ކޮވިޑު ހާލަތާއި ޔޫކްރޭން ހަނގުރާމައާއި ގުޅިގެން ބައެއް މަޝްރޫއުތައް މަޑުޖައްސާލަން ޖެހިފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް