ފުވައްމުލައް ސިޓީގައި ދަނޑުވެރިކަމުގެ ޤައުމީ ލެބޯޓްރީ ފެސިލިޓީއެއް ޤާއިމުކުރަނީ

ފުވައްމުލައް ސިޓީގައި ދަނޑުވެރިކަމުގެ ޤައުމީ ލެބޯޓްރީ ފެސިލިޓީއެއް ޤާއިމުކުރުމަށް ނިންމައިފިއެވެ. މިނިސްޓްރީ އޮފް ފިޝަރީޒް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރއިން މިއަދު ބުނީ ފުވައްމުލައް ސިޓީގައި ދަނ...

28 Dec 2022 | 11:10

ފުވައްމުލައް ސިޓީގައި ދަނޑުވެރިކަމުގެ ޤައުމީ ލެބޯޓްރީ ފެސިލިޓީއެއް ޤާއިމުކުރުމަށް ނިންމައިފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރއިން މިއަދު ބުނީ ފުވައްމުލައް ސިޓީގައި ދަނޑުވެރިކަމުގެ ޤައުމީ ލެބޯޓްރީ ފެސިލިޓީއެއް ޤާއުމުކުރުމަށް އެ މިނިސްޓްރީ އާއި ފުވައްމުލައް ސިޓީ ކައުންސިލް އާއި ދެމެދު އެއްބަސް ވުމެއްގައި މިއަދު ސޮއި ކޮށްފައިވާ ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ފުވައްލުމަކުގައި ތައްޔާރުކުރާ ލެބޯޓްރީގައި ވެލި ޓެސްޓް ކުރުމާއި ޓިޝޫ ލަކްޗާ އާއި ގަސްގަހަށް ޖެހޭ ބަލިތައް ތަހުލީލްކޮށް ގަސްތަށް ބަލިތަކުން ރައްކާތެރިކުރުމަށް ބޭސްވެސްދޭނެ ކަމަށެވެ.

ދަނޑުވެރިކަމުގެ ޤައުމީ ލެބޯޓްރީ ފެސިލިޓީގެ އިމާރާތް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ، ޖަޕާން ސަރުކާރުގެ އެހީގެ ދަށުން ދިވެހި ސަރުކާރާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) އާއިގުޅިގެން، ޔޫ.އެން.ޑީ.ޕީ އިން ތަންފީޒުކުރާ 'ޕްރޮޖެކްޓް ފޯރ ޑިވެލޮޕިންގ ސަސްޓެއިނަބްލް އެގްރިކަލްޗަރަލް އިކޮނޮމީ' މަޝްރޫޢުގެ ދަށުން ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

މި ކަމަށްޓަކައި ފުވައްމުލައް ސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދަނޑުވެރިކަމުގެ ޤައުމީ ލެބޯޓްރީގެ ބިންގާ އަޅުއްވާދެއްވާފައި ވަނީ މިނިސްޓަރ އޮފް ފިޝަރީޒް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް