ޕޯސްޓް މެދުވެރިކޮށް ބެލްޖިއަމުން ރާއްޖެ އެތެރެކުރި ޕެކޭޖެއްގައި ދެ މިލިޔަން ރުފިޔާގެ އަގުހުރި މަސްތުވާތަކެތި

ޕޯސްޓްގެ ޒަރިއްޔާއިން ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. ކަސްޓަމްސް އިން ބުނީ މިތަކެތި އަތުލައިގަނެފައިވަނީ 2022 ނޮވެންބަރު 21 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް...

28 Dec 2022 | 11:05

ޕޯސްޓްގެ ޒަރިއްޔާއިން ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސް އިން ބުނީ މިތަކެތި އަތުލައިގަނެފައިވަނީ 2022 ނޮވެންބަރު 21 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ  ޕެކޭޖްތައް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އެގޮތުން ބަލާފާސްކުރެވުނު ޕެކޭޖަކީ ބެލްޖިއަމުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ކަމަށް ކަސްޓަމްސް އިން ބުނެފައި ވެއެވެ.

ކަސްޓަމްސް އިން ބުނީ މި ޕެކޭޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ހުރި ދެ ޕެކެޓެއް ވަނީ ފެނިފައި ކަމަށެވެ.

އަދި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން މިތަކެތި ތަޙުލީލުކުރިއިރު، މިތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން އަށް ޕޮޒިޓިވް ވެފައި ކަމަށް ކަސްޓަމްސް އިން ހާމަކުރެއެވެ.

އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިނާއިއެކު ޖުމްލަ 1.010 ކިލޯގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު ދެ މިލިއަން ފަސް ލައްކަ ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސްއިން ބުނެފައި ވެއެވެ.

މީގެ އިތުރުން، ކަސްޓަމްސް އިން ބުނީ މި މައްސަލައިގައި ޝާމިލްވާ މީހަކާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތާ ޙަވާލުކޮށްފައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް