ރިޔާސީ އިންތިހާބު: ވޯޓާސް ލިސްޓަށް ރިސޯޓް މުވައްޒަފުންގެ މައުލޫމާތު އެއްކުރަން ފަށައިފި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރިސޯޓުތަކުން ވޯޓުލެވޭ މީހުންގެ މަޢުލޫމާތު އެއްކުރަން ފަށައިފިއެވެ. އިލެކްޝަންސް ކޮމިޝަން (އިސީ)ގެ  އެންގުމަކަށް ޓޫރިޒަމް މިނިސްޓްރީން ރިސޯޓްތަކަށް ފޮނުވި ސާރކިއުލާއ...

28 Dec 2022 | 10:57

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރިސޯޓުތަކުން ވޯޓުލެވޭ މީހުންގެ މަޢުލޫމާތު އެއްކުރަން ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އިސީ)ގެ  އެންގުމަކަށް ޓޫރިޒަމް މިނިސްޓްރީން ރިސޯޓްތަކަށް ފޮނުވި ސާރކިއުލާއެއް ގައި ބުނީ ރިޔާސީ އިންތިޚާބަށް ތައްޔާރުވަމުން އަންނާތީ ރިސޯޓްތަކުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންގެ ޖުމްލަ ޢަދަދު ބޭނުންވާކަމަށެވެ.

އެގޮތުން ރިޔާސީ އިންތިޚާބުގައި ވޯޓުލެވޭނެ މީހުންގެ މަޢުލޫމާތު ބޭނުންވާއިރު، އޭގެތެރޭގައި އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30އަށް 18 އަހަރު ފުރޭ ދިވެހި މުވައްޒަފުންވެސް ހިމެނޭނެއެވެ.

ރިސޯޓްތަކުގައި އީސީން ވޯޓްފޮށި ބަހައްޓާނީ ވޯޓުލުމަށް ރަޖިސްޓްރީވާ މީހުންގެ ނިސްބަތަށް ބަލައިގެންނެވެ.

ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ބާއްވާ ރިޔާސީ އިންތިޚާބު ބާއްވަން ތާވަލްކޮށްފައި ވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް