ރިޔާސީ އިންތިޚާބުގެ މައި މަރުކަޒަކަށް ދިވެހިރާއްޖޭގެ އަޑުގެ އިމާރާތުން ބައެއް ހަމަޖައްސަނީ

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ މައި މަރުކަޒަކަށް މާފަންނުގައި ހުންނަ ދިވެހިރާއްޖޭގެ އަޑުގެ އިމާރާތުން ބައެއް ހަމަޖެއްސުމަށް ނިންމައިފިއެވެ. އެގޮތުން އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ...

28 Dec 2022 | 10:34

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ މައި މަރުކަޒަކަށް މާފަންނުގައި ހުންނަ ދިވެހިރާއްޖޭގެ އަޑުގެ އިމާރާތުން ބައެއް ހަމަޖެއްސުމަށް ނިންމައިފިއެވެ.

އެގޮތުން އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ މައި މަރުކަޒަކަށް އަޑުގެ އިމާރާތުން ބައެއް ހަމަޖައްސައިދިނުމަށް ޕީއެސްއެމްގައި އެދިފައިވާނޭކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީން ބުނީ އިންތިޚާބުގެ ރަޖިސްޓްރޭޝަންގެ މަސައްކަތްތަކާއި ކޮމްޕްލެއިންސް ބިއުރޯ ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ މާފަންނު އަޑުގައިކަމަށެވެ.

މީގެ އިތުރުން އީސީން ބުނީ އިލެކްޝަންގެ މަސައްކަތްތަކަށް އަޑުގެ އިމާރާތުން ބައެއް އަންނަ ޖެނުއަރީމަހު ހަމަޖެހޭނެކަމަށް އެ ކޮމިޝަނަށް ޕީއެސްއެމުން އަންގާފައިވާކަމަށެވެ.

2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ މައި މަރުކަޒެއްގެ ގޮތުގައި ބޭނުންކޮށްފައި ވަނީ ބާ ޖަމާލުއްދީން ސްކޫލު އިމާރާތެވެ.

ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ބާއްވާ ރިޔާސީ އިންތިޚާބު ބާއްވަން ތާވަލްކޮށްފައި ވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް