ޗައިނާގެ ބޯޑަރުތައް ހުޅުވާލުމަށް ނިންމި ނިންމުމުމާއިމެދު އެމެރިކާގެ ވުޒާރާތަކުގެ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފިއެވެ. އެގޮތުން އެމެރިކާ އަށް ޗައިނާއިން ދަތުރުކުރާ ފަރާތްތަށް ހަރުކަށި ގަވާއިދުތަކާއެކު މޮނިޓަރ ކުރާނެ ކަމަށް އެޤައުމުން ހާމަކޮށްފައިވެއެވެ.
އެމެރިކާއިން ކަންބޮޑުވުން ފާޅުކޮށްފައިވާ މައިގަނޑު ސަބަބުތަކަކީ ޗައިނާއިން ކޮވިޑްގެ ކަންތައްތައް ހާމަ ނުކުރުމާއި ބޯޑަރު ހުޅުވާލުމާއެކު އެމެރިކާގެ ރައްޔިތުންނަށް ކޮވިޑު ފެތުރިދާނެ ކަމުގެ ބިރު އެޤައުމަށް ހީވެފައި އޮތުމެވެ. އެގޮތުން ޗައިނާއިން އާ ވޭރިއެންޓުތަކެއް ފެންނާނެ ކަމުގެ ބިރު އެމެރިކާއަށް އޮތް ކަމުގައިވެސް އެ ޤައުމުން ހާމަކުރެއެވެ. އެހެންނަމަވެސް ޗައިނާގެ މިހާރުގެ ހާލަތު އޮތްގޮތުން އާ ވޭރިއެންޓެއް އުޅޭ ކަމަށް ހީވެފައި އޮތް ހީވުން ޔަޤީންކުރުމަކީވެސް ޗައިނާއަށް ދަތިކަމެއް ކަމުގައި އޮތީ ވެފައެވެ.
ޗައިނާގެ ކަމާ ބެހޭ ވުޒާރާތަކުން ނިމިދިޔަ ހަފްތާތަކުގެ ތެރޭގައި މަދު ކޭސްތަކެއްގެ ވާހަކަ ހާމަކޮށްފައިވީނަމަވެސް ޗައިނާގެ ހޮސްޕިޓަލްތަކާއި ގަބުރުސްތާނުތަކަށް ނުކަތާ ވަރަށްވައިރަސްގެ ބަލި މީހުންނާއި ދުނިޔެ ދޫކުރާ ފަރާތްތަކުގެ ޙަބަރުތައް އެޤައުމަށް ލިބޭ ކަމުގައި ޙަބަރުތަކުން ބުނެއެވެ. އެގޮތުން ކޮވިޑު ޖެހިފައި 1.4 ބިލިއަން މީހުން ޗެކް ނުކުރެވި ހުންނާނެކަމުގައި ބައެއް މަސްދަރުތަކުން ލަފާކުރެއެވެ.
ޗައިނާއިން ބޯޑަރު ހުޅުވާލާނެކަމަށް ހާމަކުރުމުން ބައިނަލްއަޤްވާމީ މުޖުތަމައު ދަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަމުންނެވެ.
ޗައިނާގެ ބެއިޖިންގ ގެ މުއައްސަސާތަކުން ގަބޫލު ކުރާ ގޮތުގައި އެޤައުމުގެ ކޮވިޑްގެ ކޭސްތައް ބަލާ ރިކޯޑު ކުރުމަކީ އެމީހުންނަށް ނާދިރު ކަމެއް ކަމުގައި އޮތީވެފައެވެ. އެމެރިކާގެ ސަރުކާރުން މިނިންމުން ހާމަކޮށްފައިވަނީ ޗައިނާއިން އަންނަ ފަރާތްތަކުގެ ފަރާތުން ކޮވިޑުގެ ކޭސްތަކެއް ފެންނަމުންދާތީ މެލޭޝިއާ، ޖަޕާން އަދި އިންޑިއާގެ ޤައިޑްލައިންވެސްހަރުދަނާ ކުރި ދަނޑިވަޅުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް