ހަ މަހަށްފަހު ރައީސްގެ ޕްރެސް ކޮންފަރެންސެއް މިއަދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. މިއީ މިއަހަރުގެ ޖޫން މަހަށްފަހު ރައީސް ނޫސްވެރިންނާއި...

28 Dec 2022 | 07:48

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

މިއީ މިއަހަރުގެ ޖޫން މަހަށްފަހު ރައީސް ނޫސްވެރިންނާއި ބައްދަލު ކުރާ ފުރަތަމަ ފަހަރެވެ.

ރައީސް އޮފީހުން ދެންމެ ކުރި ޓުވީޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ނޫސްވެރިންނާއި ބައްދަލުކުރެއްވުން އޮންނާނީ މިއަދު ހަވީރު 4:30 ޖަހާއިރު ރައީސް އޮފީހުގައިކަމަށެވެ.

އަދި މި ޕްރެސްކޮންފަރެންސް ޓީވީ ޗެނަލްތަކުން ވަގުތުން ދުރަށް ދައްކާނެކަމަށް ރައީސް އޮފީހުން ހާމަކޮށްފައި ވެއެވެ.

މިބައްދަލުވުމުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިގޮތުން، މި ވަގުތުގެ ސިޔާސީ މަސްރަހާއި ގުޅޭގޮތުންވެސް ގިނަ ސުވާލުތަކެއް ރައީސާއި ކުރިމަތި ވެގެންދާނެއެވެ.

މީގެ އިތުރުން ދުނިޔޭގެ އިޤްތިޞާދީ ހާލަތާއި، ރާއްޖެއިން މިކަމަށް އަޅުއްވާނެ ފިޔަވަޅުތަކާއި ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާ ކުރައްވާނެކަމަށް ބެލެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް