ޗައިނާ ފަތުރުވެރިން ވަރަށް އަވަހަށް ރާއްޖެ އަންނަން ފަށާނެ ކަމުގެ އުއްމީދު ކުރާ ކަމަށް ޗައިނާ ސަފީރު ވިދާޅުވެއްޖެ

ޗައިނާ ފަތުރުވެރިން ވަރަށް އަވަހަށް ރާއްޖެ އަންނަން ފަށާނެ ކަމުގެ އުއްމީދު ކުރައްވާ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލިޒިންގް ވިދާޅުވެއްޖެއެވެ. ވަން ލިޒިން މިހެން ވި...

28 Dec 2022 | 07:17

ޗައިނާ ފަތުރުވެރިން ވަރަށް އަވަހަށް ރާއްޖެ އަންނަން ފަށާނެ ކަމުގެ އުއްމީދު ކުރައްވާ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލިޒިންގް ވިދާޅުވެއްޖެއެވެ.

ވަން ލިޒިން މިހެން ވިދާޅުވެފައި މި ވަނި ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން އެ ޤައުމު ބަންދުކޮށްފައި އޮންނަތާ ތިން އަހަރު ވެފައި ވަނިކޮށް، ހުއްޓުމެއް ނެތި ރައްޔިތުން ކުރި މުޒާހަރާތަކުގައި ރައްޔިތުންގެ އާމްދަނީއަށް އަސަރުކުރަމުންދާކަމަށް ބުނެ ކުރި މުޒާހަރާތަކާއި ގުޅިގެން މަޖުބޫރީ ހާލަތުގައި ޗައިނާގައި ޒީރޯ ކޯވިޑް ޕޮލިސީއަށް ލުއިދީ ޤައުމު ހުޅުވާލަން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން ވަން ލިޒިން ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ޗައިނާގެ ރައްޔިތުންނަށް އައުޓްބައުންޑް ޓޫރިޒަމްގެ އިންތިޒާމުތައް ވަރަށް އަވަހަށް ހަމަޖެހިގެން ދާނެ ކަމަށެވެ.

https://twitter.com/China_Amb_Mdv/status/1607787885134221312

އަދި އައުޓްބައުންޑް ޓޫރިޒަމްގެ އިންތިޒާމުތައް ހަމަޖެހުމާއި އެކީ އެގައުމުގެ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު މަންޒިލަކަށް ރާއްޖެ ވެގެންދާނެ ކަމަށް ޤަބޫލު ކުރެވޭ ކަމަށް ސަފީރުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ކޮވިޑް-19ގެ ބަލިމަޑު ކަމުގެ ކުރިން، 2019 ވަނަ އަހަރުގެ ތެރޭގައި ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، އޭގެ ތެރެއިން 284،029 ފަތުރުވެރިންނަކީ ޗައިނާ ފަތުރުވެރިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް