ވިޔަފާރިތައް ތަރައްްޤީކޮށް ކުރިއަރުވައި އާންމު ގިނަ ޚިދުމަތްތައް ރައްޔިތުންނާ ގާތުން ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވިޔަފާރި ބޭނުމަށް ދޫކޮށްފައިވާ ކޮމާޝަލް ޔުނިޓްތައް ބަލައި ފާސްކުރުމުގެ ސިލްސިލާ ސާވޭއެއް އެ ކޯޕަރޭޝަނުން ފަށައިފިއެވެ.
އެޗްޑީސީން ބުނީ ސާވޭގެ ދަށުން އެ ޔުނިޓުތަކުގައި އެއްބަސްވުމާ ޚިލާފު އެއްވެސް މަސައްކަތެއް ކުރޭތޯ ބަލާނެ ކަމަށެވެ.
އެގޮތުން، ޔުނިޓު ހިންގަމުންދަނީ ދޫކޮށްފައިވާ ބޭނުމަށްތޯ ބަލާނެ ކަމަށް އެޗްޑިސީން ހާމަކުރެއެވެ.
އެޗްޑީސީން ބުނީ މި ސާވޭގައި އެންމެ ފުރަތަމަ އެ ކޯޕަރޭޝަނުން ފާސްކޮށްފައިވަނީ ހުޅުމާލޭ ރަށު މާރުކޭޓް ސަރަހައްދާއި ގަރާޖުތައް ހުންނަ ސަރަހައްދު ކަމަށެވެ.
މީގެ އިތުރުން، އެޗްޑީސީން ބުނީ، މިއީ ތަކުރާރުކޮށް ކުރިއަށް ގެންދެވޭނެ ސާވޭއެއް ކަމަށާއި ސާވޭގެ ތެރެއިން ފާހަގަކުރެވޭ ކަންތައްތައް ރަނގަޅުކުރުމަށް ޔުނިޓްތަކުގެ ވެރިންނަށް އަންގަމުންދާނެ ކަމަށެވެ.
އަދި އެޗްޑީސީއިން ފާހަގަކުރާ ކަންތައްތައް ޔުނިޓްތަކުގެ ވެރިން ރަނގަޅުކޮށް އިސްލާހުކުރުމަށް ވެސް އެ ކޯޕަރޭޝަނުން އިލްތިމާސްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް