ސޮނީ ޓީވީން ދައްކާ “ބަޅޭ އައްޗޭ ލަގްތޭ ހޭ 2” ގެ ބަތަލް ނަކޫލް މެހެރާ (ރާމް) އެ ސިލްސިލާ ދޫކޮށްލަން ނިންމައިފި އެވެ.
މި ސިލްސިލާ ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. ދޭތެރެއަކުން މީހުން ފޫހިވެގެން ވާހަކަ ދެއްކިޔަސް މިހާތަނަށް “ބަޅޭ އައްޗޭ ލަގްތޭ ހޭ 2” ގެ ރޭޓިން ދަށް ނުވެ ގިނަ ބައެއްގެ މެދުގައި މަގުބޫލު ޝޯއެއްގެ ގޮތުގައި ދަނީ ކުރިޔަށެވެ.
ޝޯ މަޝްހޫރު ވިޔަސް ލީޑް ރޯލުން ފެނިގެންދާ ނަކޫލް ޝޯ ދޫކޮށްލުމުގެ ނިންމުން ބަދަލު ނުކުރާނެ ކަމަށް ބުންޏެވެ. ނަކުލް ބުނީ ޝޯއިން ވަކިވަނީ އަހަރަކަށްވުރެ ގިނަ ދުވަހު އެ ސިލްސިލާގައި ކުރެވުނު މަސައްކަތާއި މެދު ހިތްހަމަ ޖެހިގެން ހުރެ ކަމަށެވެ.
އެ ޝޯއިން ވަކިވި ނަމަވެސް އެހާ އަވަހަށް އެހެން ސިލްސިލާއެއްގެ މަސައްކަތް ފެށުމުގެ ވިސްނުމެއް އޭނާގެ ނެތެވެ. އޭނާ ބުނީ 10 އަހަރުގެ ކެރިއަރުގައި މަދު ޑްރާމާ ސިލްސިލާތަކެއް ކުޅުނީ އާންމުންގެ މެދުގައި އިތުބާރު ގާއިމްކޮށް ސަޕޯޓު ދެމި އޮންނާނެ ގޮތެއް ހެދުމަށް ކަމަށެވެ.
ނަކޫލް ބުނީ އެއް ފަހަރު ޝިވާއީ އަދި އަނެއް ފަހަރު ރާމްގެ ނަމުން އޭނާ މަޝްހޫރުވާއިރު އިރުކޮޅަކާ އާ ޑްރާމާއަކުން ފެނުމަކީ މީހުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.
ނަކޫލް ބޭނުންވަނީ އަނެއްކާވެސް ތަފާތު ކެރެކްޓާއެއްގެ ގޮތުގައި އާންމުންނަށް ފެނިގެންދާށެވެ. އެކަމަކު ދެން އޭނާ ޑްރާމާ އަކުން ފެންނާނީ ކިހާ ދުވަހެއް ފަހުން ކަމެއް ނުބުނެ އެވެ.
ނަކޫލް އާންމުންގެ މެދުގައި މަގުބޫލުވި ސިލްސިލާތަކުގެ ތެރޭޣައި “ޕިޔާރު ކާ ދަރުދު ހޭ މީތާ މީތާ ޕިޔާރާ ޕިޔާރާ” އަދި "އިޝްގުބާޒް" ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް