ފަރުޟު ފަސް ނަމާދަށް ރައްކާތެރިވުމަކީ އަޅުގަނޑުމެން މުސްލިމުން ކޮންމެ ހާލަތެއްގައި ވެސް ކުރުން ވާޖިބްކަމެކެވެ. ނަމާދު ދޫކޮށްލެވޭނޭ ހަމަ އެއްވެސް އުޒުރެއް، ހާލަތެއް ނުވެއެވެ. ނަމާދު އަޅާފައި ކުރާ އެއްވެސް ހެޔޮ އަމަލެއް ﷲގެ ހަޟްރަތަށް އުފުލިގެން ނުދާނެ އެވެ.
މިއަދު އަޅުނަގޑުމެންގެ މި މުޖުމަޢުގެ ހާލަތައް ބަލާއިރު، ނަމާދަށް އަމަހައްމިޔަތުކަން ދީ ނަމާދަށް ރައްކާތެރިވާ މީހުން މަދެއް ނޫނެނެވެ. އެއީ އުފާކުރާކަމެކެވެ. ނަމަވެސް މަދުން ނަމަވެސް ނަމާދަށް މާ ބޮޑު އަހައްމިޔަތުކަމެއް ނުދޭ މީހުން ކޮންމެވެސް ވަރަކަށް އެބަ އުޅެއެވެ.
ނަމާދަކީ އެ އަޅުކަމަކާއި ނުލާ ފުރިހަމަ މުސްލިމަކަށް ނުވެވޭނެ ކަމެއް ކަމުގައި އެނގިތިބެމެ ބައެއް މީހުންނަށް ފަރުވާ ކުޑަކުރެވިފައިވާ އަމަލެކެވެ. އަޅުގަނޑުމްނެގެ ތެރެއިން ބައެއް ފަރާތް ތަކުން އެހެން ނަމާދުތައް ބަރާބަރަށް ކުރި ނަމަވެސް ފަތިހުގެ އަރާމު ނިދި ނަގާލާފައި ތެދުވަން ބޮޑުކަމަކަށް ވެފައި ތިބެއެވެ. ފަތިސް ނަމާދަށް ފަރުވާ ކުޑަކުރެއެވެ. ނަމަވެސް ފަތިސް ނަމާދުގެ ދަރުމައާއީ ސަވާބު އެނގޭ މީހަކު އެއްއަށް ވުރެން އިސްކަމެއް ދޭނެ އެހެން އިތުރު ކަމެއް ނޯނާނެ ކަން ކަށަވަރެވެ.
އެހެން ކަމުން ތިބާގެ ދުވަސް ފަތިސް ނަމާދުން ފަށަން އަޒުމު ކަނޑައަޅާށެވެ. ފަތިސް ނަމާދުން ދުވަސް ފެއްޓުމަކީ މުޅި ދުވަހު ބަރަކާތާއި އަލިކަމާއި އުފާވެރިކަން ތިބާއަށް ލިބޭނެކަމެއްކަން ޔަގީނެވެ. އަވަދިނެތިއުޅޭ ދިރިއުޅުމުގެ ސަބަބުން ނަމާދު ކުރަން އުނދަގޫވި ނަމަވެސް އެކަން ދޫކޮށް ނުލަމާ ހިނގާށެވެ. ނަމާދަށް ވުރެ އިސްކަމެއް ދޭން ޖެހޭ އެހެންކަމެއް ނުވެއެވެ. މައިންބަފައިނާއި ތިމާގެ މީހުންނާއި އަނބިދަރިން ނުވަތަ އަމިއްލަ ދިރިއުޅުމުގެ ކަންތަކަށް ވުރެވެސް ނަމާދަށް އިސްކަން ދޭން ޖެހެއެވެ. ނަމާދުގެ ސަބަބުން އަވަދިނެތިއުޅޭ ދިރިއުޅުން ފަސޭހަވެ އެވެ. މިދުނިޔޭގެ ހަޔާތުން އުޚްރަވީ ހަޔާތަށް ގެންދެވޭނެ ހަމައެކަނި އެއްޗަކީ ހެޔޮ ނިޔަތުގައި ކުރާ ހެޔޮ އަމަލުކަމާމެދު ޝައްކެއް ނެތެވެ.
ފަތިސް ނަމާދުކޮށްފި މީހާކު އެވަނީ މާތްﷲގެ ރައްކާތެރިކަމުގެ ދަށުގައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރައްވާފައިވާ ޙަދީޡެއްގެ މާނައިގައި ވެއެވެ." މިސްކިތްތަކަށް އަނދިރީގައި ހިނގާފައިދާ މީހުންނަށް، ޤިޔާމަތްދުވަހުގައި ފުރިހަމަ ނޫރެއް ވާކަމުގެ އުފާވެރި ހަބަރު ދޭށެވެ."
ތިބާ ނަމާދު ނުކުރާނަމަ އެކަމާއި އެންމެ އުފާވާނީ ޝައިތާނާއެވެ. ޝައިތާނާ އުފާކޮއްދޭން ބޭނުން ހެއްޔެވެ. ދަންނާށެވެ. އެއީ ތިބާގެ ދެދުނިޔޭގެ އަދާވާތް ތެރިޔާއެވެ. އެހެން ކަމުން ނަމާދަށް ރައްކާތެރި ވުމަށް އަޒުމް ކަނޑައަޅާ އެގޮތުގައި ދެމިހުންނާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް