ޕްރިމިއާ ލީގު: ބޯންމައުތް ބަލިކޮށް ތާވަލްގެ އަށް ވަނައަށް ޗެލްސީން ޖެހިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެފްސީ ބޯންމައުތު އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް ޕޮއިންޓް ލާވަލްގެ އަށް ވަނައަށް ޗެލްސީން ޖެހިލައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ބޯންމައުތްއާއި ދެކޮޅަށް ކުޅުނު މ...

28 Dec 2022 | 01:07

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެފްސީ ބޯންމައުތު އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް ޕޮއިންޓް ލާވަލްގެ އަށް ވަނައަށް ޗެލްސީން ޖެހިލައިފިއެވެ.

ރޭ އަމިއްލަ ދަނޑުގައި ބޯންމައުތްއާއި ދެކޮޅަށް ކުޅުނު މެޗު ޗެލްސީން ކާމިޔާބު ކުރީ 0-2 ގެ ނަތީޖާއިންނެވެ.

ޗެލްސީން ރޭގެ މެޗަށް ނުކުތްއިރު، ލީގުގައި އެންމެ ފަހުން ކުޅުުނު ފަސް މެޗުގެ ތެރެއިން އެއްވެސް މެޗަކުން މޮޅެއް ހޯދިފައި ނުވެއެވެ. އެޓީމުން ވަނީ އެންމެ ފަހުން ކުޅުނު ތިން މެޗުންވެސް ބަލިވެފައެވެ. އެއީ އެންމެ ފަހުން ލީގުގައި އެސްޓަންވިލާއާއި ދެކޮޅަށް ކުޅުނު މެޗާއި ނިއުކާސަލް އާއި ދެކޮޅަށް ކުޅުނު މެޗުގެ އިތުރުން މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗުންނެވެ.

ރޭގެ މެޗުގައި ޗެލްސީން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗު ފަށައިގެން 16 ވަނަ މިނިޓްގައި އެޓީމުން ވަނީ ލަނޑު ޖަހައި މެޗުގެ ލީޑު ނަގާފައެވެ. ޗެލްސީއަށް ލީޑު ނަގައިދިން މި ލަނޑު ކާމިޔާބު ކޮށްދިނީ ޖަރުމަން ފޯވަޑް ކައި ހަވާޓްޒް އެވެ. އޭނާ މި ލަނޑު ޖެހީ ރަހީމް ސްޓާލިންގެ އެހީތެރިކަމާއި އެކުގައެވެ. ޗެލްސީން އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ މެޗުގެެ 24 ވަނަ މިނިޓްގައި ހަވާޓްޒްގެ އެހީތެރިކަމާއި އެކު މޭސަން މައުންޓް ޖަހައިދިން ލަނޑުންނެ އެވެ.

މި ލަނޑުތަކަށް ފަހުވެސް ޗެލްސީން ގިނަ ހަމަލާތަކެއް ބޯންމައުތްގެ ގޯލަށް ފޮނުވާލިއެވެ. ނަމަވެސް ރީސް ޖޭމްސް، ސްޓާލިން އަދި މައުންޓް ފޮނުލާލި ބާރު ހަމަލާތަކުގެ ހުރަހަކަށް ވީ ބޯންމައުތްގެ ގޯލްކީޕަރު މާކް ޓްރެވާސް އެވެ.

ދެ ލަނޑުގެ ލީޑެއްގައި އޮވެ މެޗުގެ ފުރަތަމަ ޗެލްސީން ނިންމާލިއިރު، ފަހު ހާފު ފެށިގެން ފުރަތަމަ ދިހަ މިނެތުގެ ތެރޭ ރީސް ޖޭމްސް ގެ ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެން އޭނާ ވަނި ބަދަލުކޮށްފައެވެ. އޭނާގެ ބަދަލުގައި ކުޅެން އެރީ ސެސަރ އަޒްޕްލިކުއެޓާއެވެ. ޖޭމްސް މި މެޗަށް ނުކުތީވެސް އަނިޔާގައި ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުރުމަށް ފަހުގައެވެ.

ރޭގެ މި މެޗުގައި ބޯންމައުތަށް ޗެލްސީގެ ގޯލާއި އަމާޒުކޮށް ހަތަރު ހަމަލާއެއް ފޮނުވާލި ނަމަވެސް އޮންޓާގެޓަށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. އެ ހަމަލާ ކީޕަރު ކެޕަ މަތަކުރިއެވެ. ޗެލްސީން ޖުމުލަ ފަސް ހަމަލާއެއް ބޯންމައުތްގެ ގޯލާއި އަމާޒުކޮށް ފޮނުވާލިއިރު، އޮންޓާގެޓަށް ހަތަރު ހަމަލާއެއް ވަނީ ފޮނުވާލާފައެވެ. އޭގެތެރެއިން ދެ މަލާ ވަނީ ގޯލަށް ވައްދާލާފައެވެ. އަނެއް ދެ ހަމަލާ ކީޕަރު މަތަކުރީއެވެ.

ރޭގެ މި މޮޅާ އެކު ޗެލްސީން ވަނީ އެޓީމުން ކުޅުނު 15 މެޗުން ލިބުނު 24 ޕޮއިންޓާ އެކު ތާވަލްގެ އަށް ވަނައަށް ޖެހިލާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް