ހިއްކި ބިމާއި މާފުއްޓާއި ގުޅުވާލާ ބުރިޖް އަޅަން އެމްޓީސީސީ އާއި ހަވާލުކޮށްފި

ކ. މާފުށީގައި އަލަށް ހިއްކި ބިމާއި މާފުއްޓާއި ގުޅުވާލުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފިއެވެ. މާފުށީގެ އަލަށް ހިއްކި ބިމާއި މާފުއްޓާ ގުޅާލުމަށް ބުރިޖެއް އެޅުމަށް އެމްޓީސީސީއާ ހަވާލުކުރީ މާފުށި ޕިކްނިކް...

28 Dec 2021 | 17:59

ކ. މާފުށީގައި އަލަށް ހިއްކި ބިމާއި މާފުއްޓާއި ގުޅުވާލުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފިއެވެ.

މާފުށީގެ އަލަށް ހިއްކި ބިމާއި މާފުއްޓާ ގުޅާލުމަށް ބުރިޖެއް އެޅުމަށް އެމްޓީސީސީއާ ހަވާލުކުރީ މާފުށި ޕިކްނިކް އައިލެންޑާއި މާފުއްޓަށް އިތުރުކުރި 25 ހެކްޓަރުގެ ބިން އެރަށު ކައުންސިލާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.

ޕްލޭނިން މިނިސްޓްރީން ހާމަ ކުރާގޮތުގައި މި މަޝްރޫޢުގެ ދަށުން، ޑިޒައިން އެންޑް ބިލްޑް އުސޫލުން މާފުށީގައި އަލަށް ހިއްކި ބިމާއި މާފުއްޓާއި ދެމެދު ދިގުމިނުގައި 137 މީޓަރު (450 ފޫޓު) ގެ ބްރިޖެއް އަޅާނެއެވެ. އަދި ބްރިޖުގެ ފުޅާ މިނުގައި 65 ފޫޓު ހުންނާނެ ކަމަށް ވެސް ޕްލޭނިން މިނިސްޓްރީން ހާމަ ކުރެއެވެ.

މީގެ އިތުރުން، މި ބްރިޖުގައި ބައިސްކަލް ލޭނަކާއި ހިނގާފައި އުޅޭ މީހުންނަށް ވެސް ހާއްސަ ލޭންއެއް ހަދާނެއެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ޑިޒައިން އެންޑް ބިލްޑް އުސޫލުން އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ 35 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް