ރާއްޖޭގައި އެންމެ ފުރަތަމަ ގާއިމްކުރާ އެއަރޓްރެފިކް ޓަވަރ ސިމިއުލޭޓަރ އެމްއޭސީއެލް އިން ހުޅުވައިފި

ރާއްޖޭގައި އެންމެ ފުރަތަމަ ގާއިމްކުރާ އެއަރޓްރެފިކް ޓަވަރ ސިމިއުލޭޓަރ އެމްއޭސީއެލް އިން ހުޅުވައިފިއެވެ. އެ ކުންފުނިން ބުނީ މި ސިމިއުލޭޓަރއިން ބައިނަލްއަގްވާމީ އަދި ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ޤަވާޢ...

28 Dec 2021 | 16:50

ރާއްޖޭގައި އެންމެ ފުރަތަމަ ގާއިމްކުރާ އެއަރޓްރެފިކް ޓަވަރ ސިމިއުލޭޓަރ އެމްއޭސީއެލް އިން ހުޅުވައިފިއެވެ.

އެ ކުންފުނިން ބުނީ މި ސިމިއުލޭޓަރއިން ބައިނަލްއަގްވާމީ އަދި ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ޤަވާޢިދުތަކާ އެއްގޮތަށް ގިނަ ތަމްރީން ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މި ސިމިއުލޭޓަރ ޤާއިމް ކޮށްފައިވަނީ ޒަމާނީ އެންމެ ފަހުގެ ޓެކްނޮލިޖީއާ އެކު ކަމަށެވެ.

އެމްއޭސީއެލް އިން ބުނީ ވީއައިއޭގައި ތަރައްގީ ކޮށްފައިވާ އައު ރަންވޭގެ އޮޕަރޭޝަނަށް އެއަރޓްރެފިކް ކޮންޓްރޯލް މުވައްޒަފުން އަހުލުވެރި ކުރުމަށް ކުރިއަށް ގެންދާ ތަމްރީންތައް ވެސް މި ސިމިއުލޭޓާއިން ކުރިއަށް ގެންދާނެ ކަމަށެވެ.

"މިހާރު ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ޓަވަރ ކޮންޓްރޯލް ޓްރެއިނިންގ އަދި އެއަރޕޯޓްގެ އާ ރަންވޭއަށް އަހުލުވެރިވުމުގެ ތަމްރީން ޕްރޮގްރާމްތައް ރާއްޖެއިން ބޭރުން ކުރިއަށް ގެންދާނަމަ 6.9 މިލިއަން ރުފިޔާ ޚަރަދުވާނެ. އެކަމަކު މި ސިމިއުލޭޓަރ ސިސްޓަމާ ގާއިމް ކުރުމުން ރާއްޖެއިން ބޭރަށްދާ އެ ޚަރަދު ކުންފުންޏަށް ސަލާމަތް ކުރެވޭނެ. އެހެންކަމުން މިއީ، ދެމެހެއްޓެނިވި ގޮތުގައި އެއަރޓްރެފިކް ކޮންޓްރޯލް އޮފިސަރުން ތަމްރީން ކުރުމަށް ލިބިގެން ދިޔަ ބޮޑު ކުރިއެރުމެއް." އެމްއޭސީއެލް އިން ބުންޏެވެ.

ސިމިއުލޭޓަރ ސަޕްލައިކޮށް އިންސްޓޯލް ކޮށްފައިވަނީ އިނގިރޭސިވިލާތުގެ މައިކްރޯ ނޭވާއިން ނެވެ. މިއީ އެއަރޓްރެފިކް ކޮންޓްރޯލް އަދި އެއަރ ޑިފެންސް ސިމިއުލޭޓަރތައް އިންސްޓޯލް ކުރުމުގައި 33 އަހަރުގެ ތަޖުރިބާ ލިބިފައިވާ ކުންފުންނެކެވެ.

އެމްއޭސީއެލް އިން ބުނީމިހާރު ސިމިއުލޭޓަރއިން އެއަރޕޯޓް ރަންވޭ 280 ޑިގްރީއަށް ބޮޑުކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. މިހާރުގެ ހުރީ 240 ޑިގްރީއެވެ.

އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރު ސިމިއުލޭޓަރ ގާއިމް ކުރުމާއެކު، ވީއައިއޭ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމް ކޮށްފައިވާ އެއަރޓްރެފިކް ކޮންޓްރޯލްގައި މަސައްކަތްކުރާ މުވައްޒަފުން ތަމްރީން ކުރުމަށް އެމްއޭސީއެލުން ކުރާ މަސައްކަތަށް އިތުރު ކުރިއެރުން ލިބިގެން ދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް