މޯލްޑިވިއަންގެ އޭވިއޭޝަން އެކަޑަމީ ރަސްމީކޮށް ހުޅުވައިފި އެވެ.
މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި އެތަން ރަސްމީކޮށް ހުޅުވައި ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. މި ރަސްމިއްޔާތުގައި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އާއި އެމްއެންޔޫ އާއި މޯލްޑިވިއަންގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑަމީން މެނޭޖް ކުރާ އޭވިއޭޝަން އެކަޑަމީން ފުރަތަމަ ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ30 ދަރިވަރުންނަށެވެ. އޭގެ ތެރޭގައި އިސްކަން ދޭނީ އައްޑޫގައި ހިންގި އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) ގެ ދަރިވަރުންނަށެވެ.
ފުރަތަމަ އަހަރު މަދުވެގެން 80 ދަރިވަރުންނަށް އެ ސްކޫލުގައި ކިޔެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް މޯލްޑިވިއަންއިން ބުނެ އެވެ. މި އެކަޑަމީ ހިންގާނީ އެމްއެންޔޫ އާއި މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ހަދާފައިވާ ޖޮއިންޓް ވެންޗާ ކުންފުނިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް