ފަތުހީއަށް ކެމްޕެއިން ކޮށްދޭން ޔާމީން ކޮމަންޑޫ ދާއިރާއަށް ވަޑައިގެންނަވަނީ

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ ދާއިރާއަށް ވަޑައިގެންނަވަން ހަމަޖެހިއްޖެ އެވެ. އިދިކޮޅު ޕީޕީއެމް ޓިކެޓުގައި އެ ދާއިރާއަށް ވާދަ ކުރައްވަނީ މޫސާ ފަތުހީއެ...

28 Dec 2021 | 14:21

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ ދާއިރާއަށް ވަޑައިގެންނަވަން ހަމަޖެހިއްޖެ އެވެ.

އިދިކޮޅު ޕީޕީއެމް ޓިކެޓުގައި އެ ދާއިރާއަށް ވާދަ ކުރައްވަނީ މޫސާ ފަތުހީއެވެ. ފަތުހީއަށް ކެމްޕެއިން ކޮށްދިނުމަށް އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ޓީމެއް މިއަދު ވަނީ ކޮމަންޑޫ ދާއިރާއަށް ފުރާފަ އެވެ.

އޭގެ ތެރޭގައި ހިމެނިވަޑައިގެންނަވާ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު މީޑިއާގައި ވިދާޅުވީ އެ ދާއިރާގެ އިދިކޮޅު ކެމްޕެއިނަށް ރައީސް ޔާމީންވެސް ވަޑައިގެންނަވާނެ ކަމަށެވެ. ޔާމީން އެ ދާއިރާއަށް ވަޑައިގެންނަވާނެ ތާރީހު ފަހުން އިއުލާނު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އާދަމް އާއި އެކު މިއަދު ކޮމަންޑޫ ދާއިރާގައި ހިމެނޭ ފޯކައިދޫ މަރޮށީ އަދި ކޮމަންޑޫއަށް ވަޑައިގެންނެވީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު، ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބްދުﷲ ހަލީލާއި ޕީއެންސީގެ ލީޑަރު އަދި ކުރީގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ހިމެނެ އެވެ.

ފަތުހީގެ އިތުރުން އެ ދާއިރާއަށް ވާދަ ކުރައްްވަނީ އެމްޑީޕީގެ ފަރާތުން އަހުމަދު ރާޝިދު އާއި އެމްއެންޕީގެ އަބްދުލް ހަންނާން އިދުރީސް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް