ގާތްގަނޑަކަށް 316 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ނައްތާލައިފި

ގާތްގަނޑަކަށް316 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މިއަދު ފުލުހުން ނައްތާލައިފި އެވެ. މި ތަކެތި ނައްތާލާފައިވަނީ މިއަދު ދޫނިދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެވެ. މި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އި...

28 Dec 2021 | 13:59

ގާތްގަނޑަކަށް316 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މިއަދު ފުލުހުން ނައްތާލައިފި އެވެ.

މި ތަކެތި ނައްތާލާފައިވަނީ މިއަދު ދޫނިދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެވެ. މި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި އާއި ފުލުހުން އިސް ގިނަ ބޭފުޅުން ވަނީ ބައިވެރިވެފައިވެ އެވެ.

ފުލުހުން މިއަދު ނާއްތާލާފައިވަނީ ރ. ޅާނބުގަލިން މިދިޔަ އޮކްޓޫބަރު މަހު އަތުލައިގެން 215 ކިލޯގެ މަސްތުވާ ތަކެއްޗާއި ބައެއް އޮޕަރޭޝަންތަކުން ފުލުހުން އަތުލައިގެންފައުހުރި 107 ކިލޯގެ މަސްތުވާތަކެއްޗެވެ. މިތަކެތީގެ އަގަކީ ގާތްގަނޑަކަށް 316 މިލިއަން ރުފިޔާ އެވެ.

ފުލުހުން ބުނީ މި މަހުގެ ތެރޭގައި ފުލުހުން އަތުލައިގެން 119 ކިލޯގެ މަސްތުވާތަކެތި މިހާރު ފޮރެންސިކްސް ލެބޯޓަރީގައި ތަހުލީލުކުރަމުންދާ ކަމަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ފާއިތުވެދިޔަ ތިން އަހަރުގެ ތެރޭގައި 1801 ކިލޯގެ މަސްތުވާތަކެތި ފުލުހުން ނައްތާލާފައިވާ ކަމަށެވެ. އަދި އެ ތަކެތީގެ ތެރޭގައި 10 އަހަރު ވަންދެން ނައްތާ ނުލެވި ހުރި އެއްޗިހި ވެސް ހިމެނޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް