ވިލުފުށީ ހެލްތް ސެންޓަރަށް ގެންދިޔަ މީހަކު ކޯވިޑްގައި މަރުވި ކަމަށް ކަނޑައަޅައިފި

ރާއްޖެއިން ކޯވިޑް ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މަރުވެފައިވަނީ އުމުރުން86 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެ މީހާ މަރުވީ ރޭ ފަތިހު 5:30...

28 Dec 2021 | 11:59

ރާއްޖެއިން ކޯވިޑް ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މަރުވެފައިވަނީ އުމުރުން86 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

އެ މީހާ މަރުވީ ރޭ ފަތިހު 5:30 ހާއިރު އެވެ.

އެޗްޕީއޭއިން ބުނީ އެމީހާ އަކީ އެ މަރުކަޒަށް ގެންދިޔައިރު މަރުވެފައިވާ މީހެއް ކަމަށާއި އެއީ ކޯވިޑް މަރެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ.

މިއީ ރާއްޖެއިން ކޯވިޑްގައި މަރުވި 262 ވަނަ މީހާ އެވެ.

ރާއްޖޭގެ ކޯވިޑްގެ ހާލަތަށް ބަލާއިރު މިހާތަނަށް 95،000އަށްވުރެ ގިނަ މީހުންނަށް ވަނީ ބަލި ޖެހިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް