ޓައިގާއާ ދިޝާ، ރާއްޖެއަށް ދިރިއުޅުން ބަދަލުކޮށްފި ކަމަށް ބުނަން ފަށައިފި

ބޮލީވުޑްގެ ތަރިން ކަމަށްވާ ޓައިގާ ޝްރޮފް އާއި ދިޝާ ޕަޓާނީ ރާއްޖެއަށް ދިރިއުޅުން ބަދަލުކޮށްފި ކަމަށް ބުނަން ފަށައިފި އެވެ. މި ދެތަރިންނަކީ ރަސްމީކޮށް ހާމަ ނުކުރި ނަމަވެސް ލޯބިވެރިންނެވެ. ދެމީހުން ގުޅުމ...

28 Dec 2021 | 10:20

ބޮލީވުޑްގެ ތަރިން ކަމަށްވާ ޓައިގާ ޝްރޮފް އާއި ދިޝާ ޕަޓާނީ ރާއްޖެއަށް ދިރިއުޅުން ބަދަލުކޮށްފި ކަމަށް ބުނަން ފަށައިފި އެވެ.

މި ދެތަރިންނަކީ ރަސްމީކޮށް ހާމަ ނުކުރި ނަމަވެސް ލޯބިވެރިންނެވެ. ދެމީހުން ގުޅުމާއި ބެހޭގޮތުން ސުވާލު ކުރުމުން ޖަވާބު ނުދިނަސް ދެމީހުންގެ ދިރިއުޅުމާއި އާއިލީ ބައްދަލުވުންތަކާއި ޗުއްޓީ ދަތުރުތަކުން މި ދެ ތަރިންގެ ގުޅުން އޮންނަނީ ޔަގީން ކުރެވިފަ އެވެ.

ޓައިގާ އާއި ދިޝާގެ ޗުއްޓީ މަންޒިލްތަކުގެ ތެރޭގައި އެންމެ ހާއްސައީ ރާއްޖެ އެވެ. މިހާރުވެސް ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުންދާ ދެ ތަރިން އާ އަހަރު ފާހަގަ ކުރަން ރާއްޖެ އައި މިއީ ހަތަރު ވަނަ އަހަރެވެ.

އަދި މި އަހަރުތެރޭގައިވެސް އެތައް ފަހަރަކު ރާއްޖެއަށް ދެމީހުން އައިސްފަވާއިރު އެންމެ ފަހުން މީގެ ތިން ހަފްތާ ކުރިންވެސް ދިޝާ ވަނީ ރާއްޖެ މިސްވެގެން އިންސްޓަގްރާމްގައި ޓީއެމްއޭގެ އެއާޓެކްސީއަކަށް އަރަނިކޮށް ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށްފަ އެވެ. އެ ފޮޓޯއަށް ކޮމެންޓު ކުރި ބައެއް މީހުންވަނީ ދިޝާ އާއި ޓައިގާ ރާއްޖެއަށް ދިރިއުޅުން ބަދަލު ކުރި ވާހަކަ އަޑުއިވިފައިވާ ކަމަށް ބުނެ ޖޯކު ޖަހާފަ އެވެ.

ދެ ތަރިން ޗުއްޓީ ހޭދަ ކުރަނީ ކޮންމެ ފަހަރަކުވެސް ތަފާތު ރިސޯޓެއްގައި އެވެ. މިފަހަރު ޗުއްޓީ ހޭދަ ކުރަމުންދާ ރިސޯޓު އަދި ހާމައެއް ނުކުރެ އެވެ.

https://www.instagram.com/p/CYA-V7Ys06O/

ދެމީހުންނަށް ރާއްޖެ ހާއްސަވަނީ ޓައިގާއަކީ މޫދަށް އެރެން ފޯރި ހުންނަ އަދި ދިޝާ އަކީ އަވީގައި އުޅޭ ހިތްވާ މީހަކަށް ވާތީ އެވެ. ދެމީހުން ވަނީ މީގެ ކުރިން ކުރި ދަތުރެއްގައި އެއީ އެމީހުން އެންމެ ރާއްޖެއާ ގަޔަވާ ކަންކަން ކަމަށް ބުނެފަ އެވެ.

މި ދެ ތަރިންގެ އިތުރުން ރަންވީރު ސިންގާއި ދިޕިކާ ޕަދުކޯން އާއި، އަކްޝޭ ކުމާރުގެ އާއިލާގެ އިތުރުން ރިތިކް ރޯޝަންގެ އާއިލާވެސް މިފަހަރު އާ އަހަރު ފާހަގަ ކުރަން އައިސް އުޅެނީ ރާއްޖޭގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް