ޑިމާންޑު ބޮޑުވެ، މޯލްޑިވިއަންއިން އައްޑޫއަށް ކުރާ ދަތުރުތައް އިތުރުކޮށްފި

ގައުމީ އެއާލައިން މޯލްޑިވިއަންއިން އައްޑޫ ސިޓީ ގަމަށް ކުރާ ދަތުރުތައް އިތުރު ކޮށްފި އެވެ. އެ އެއާލައިނުން ބުނީ މިހާރު ކުރާ ދަތުރުތަކުގެ އިތުރުން ދެ ދަތުރު އިތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ދ...

28 Dec 2021 | 09:20

ގައުމީ އެއާލައިން މޯލްޑިވިއަންއިން އައްޑޫ ސިޓީ ގަމަށް ކުރާ ދަތުރުތައް އިތުރު ކޮށްފި އެވެ.

އެ އެއާލައިނުން ބުނީ މިހާރު ކުރާ ދަތުރުތަކުގެ އިތުރުން ދެ ދަތުރު އިތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ދަތުރުތައް ކުރާނީ މޯލްޑިވިއަންއިން ބޭނުންކުރާ އެންމެ ބޮޑު މަތިންދާ ބޯޓު ކަމަށްވާ އެއާބަސް ގައި އެވެ.

މޯލްޑިވިއަން އެއާލައިން ހިންގާ އައިލެންޑު އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާއިޝަތު ޖެނިފާ ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކަށް އޮތް ޑިމާންޑް އަބަދުވެސް ބަލަމުން އަންނަ ކަމަށެވެ. ޑިމާންޑް އިތުރުވާ ވަރަކަށް ފްލައިޓްތައް ދަތުރު ކުރާވަރު އިތުރު ކުރާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ޑިމާންޑަށް ބަލައި މި ޑިސެމްބަރު މަހުގެ މިހާތަނަށް އައްޑޫ ސިޓީއަށް އެއާބަސްގެ 11 ފްލައިޓް ގަމަށް ދަތުރު ކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އައްޑު އަށް ދަތުރު ކުރުމަށް ދެ ފްލައިޓް އިތުރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މޯލްޑިވިއަންއިން ކޮންމެ ދުވަހަކު އައްޑޫ ސިޓީއަށް ފަސް ދަތުރު ކުރެއެވެ.

މޯލްޑިވިއަންއިން މީގެ ކުރިން ވަނީ ސްކޫލް ބަންދާއި ދިމާކޮށް ޑިމާންޑު އިތުރުވަމުންދާތީ އުތުރުގެ އަތޮޅުތަކަށް ކުރާ ދަތުރުތައްވެސް އިތުރުކޮށްފަ އެވެ.

މޯލްޑިވިއަން އިން އަންނަނީ ރާއްޖޭގެ 15 ސަރަހައްދަކަށް މިހާރު ވެސް ދަތުރުކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް