މާލޭ ރައްޔިތުން ނިކަމެތި ކުރުން ހުއްޓާލުމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ސަރުކާރަށް ގޮވާލައްވައިފި އެވެ.
އޭނާ މިހެން ގޮވާލެއްވީ ހުޅުމާލޭ ދެވަނަ ފިޔަވަހިން 60 ގޯތި ވިއްކަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނު ކުރުމުންނެވެ. މިކަމާ ހިތްހަމަ ނުޖެހުން އިތުރުވާން ފެށުމުން ސަރުކާރުން ބުނެފައިވަނީ އެއީ ކުންފުނީގެ އާމްދަނީ އިތުރު ކުރުމަށް ކުރިންސުރެ ވިއްކަން ކަނޑައަޅާފައިވާ ގޯތި ކަމަށެވެ.
މިކަމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޑރ. މުއިއްުޒު ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވައްސަކީ މާލެ ސިޓީ ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ތަނެއް ކަމަށެވެ. އޭނާ ވިދާޅުވީ އެތަނުން މާލޭ ރައްޔިތުންނަށް ގޯތި ލިބޭނެގޮތް ފަހިކޮށްދިނުމަށްވުރެ ސަރުކާރުން އިސްކަންދެނީ ކުންފުންޏެއްގެ ޢާމްދަނީ އިތުރުކުރުމަށް ކަމަށެވެ.
ޑރ. މުއިއްޒުގެ ޓުވީޓުގައި ވިދާޅުވީ މާލެ ރައްޔިތުން ނިކަމެތިކުރުން ހުއްޓާލަން ޖެހޭ ކަމަށެވެ.
https://twitter.com/MMuizzu/status/1475507282783838216
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް