ތިލަފުށީގައި ހަދަމުންދިޔަ ޢިމާރާތަކުން ބިދޭސީއެއް ވެއްޓި މަރުވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ ފިރިހެނެކެވެ.
ފުލުހުން ބުނީ، އެ ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 9:36 ހާއިރު ކަމަށެވެ. އަދި އޭނާ މިހާރުވަނީ އައިޖީއެމްއެޗަށް ގެންގޮސްފައި ކަމަށެވެ.
އައިޖީއެމްއެޗްއާ ހަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައިވަނީ އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް