ޕާކިސްތާނުގެ ބޮޑުވަޒީރު ލެޕާޑެއްގެ ވީޑިއޯ ޓުވީޓު ކުރުން މައްސަލައަކަށް!

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ލެޕާޑެއްގެ ވީޑީއޯ ޓުވީޓު ކުރުން ބޮޑު މައްސަލައަކަށް ހަދައިފި އެވެ. އެ ޓުވީޓު ބޮޑުވަޒީރު އިމްރާން ކުރައްވާފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގައި އެވެ. ޓުވީޓުގައި ފެނ...

28 Dec 2021 | 07:20

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ލެޕާޑެއްގެ ވީޑީއޯ ޓުވީޓު ކުރުން ބޮޑު މައްސަލައަކަށް ހަދައިފި އެވެ.

އެ ޓުވީޓު ބޮޑުވަޒީރު އިމްރާން ކުރައްވާފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގައި އެވެ. ޓުވީޓުގައި ފެންނަނީ ބޯކޮށް ސްނޯ ވެހިފައިވާ ސަރަހައްދެއްގައި އޮތް ބޮޑު ގަލެއްގެ ދަށުގައި ޅަ ލެޕާޑެއް މަޑުމަޑުން އުޅޭތަނެވެ.

އެ ވީޑިއޯ ޓުވީޓު ކުރައްވާ އިމްރާން ވިދާޅުވެފައިވަނީ ލެޕާޑު އުޅޭ ލަދުރަކި ކަމާއި އެފަދަ މަންޒަރަކީ މަދުން ނޫނީ ނުފެންނަ މަންޒަރެއް ކަމަށެވެ. އަދި އެއީ ޕާކިސްތާނުގެ އުތުރުގައި ޓޫރިސްޓުންގެ މެދުގައި މަގުބޫލު ކަޕްލޫ ކަމަށް ވިދާޅުވެފައިވެ އެވެ.

މި ޓުވީޓާއި ގުޅިގެން ދެކޮޅަށް ވާހަކަ ދައްކާ މީހުން ބުނަމުންދަނީ އެ ލެޕާޑުގެ ލަދުރަކިކަމުގެ ވާހަކަ ދެއްކުމަށް ވުރެ ގައުމުގައި މުހިންމު ކަންކަން އިމްރާން ބައްލަވަން ޖެހޭ ކަމަށެވެ. އަދި ބައެއް މީހުން ވަނީ ރަސްމީ ޓުވިޓާ އެކައުންޓުން އެފަދަ ބޭކާރު ޓުވީޓެއް ކުރެވޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ބުނެފައިވެ އެވެ.

އިތުރު މީހުން ވަނީ ޖަނަވާރުންގެ ކަންކަމާއި ނުބެހި ރައްޔިތުން ހަވާލުކޮށްފައިވާ ޒިންމާ އަދާ ކުރުމަށް އިމްރާނަށް ގޮވާލާފަ އެވެ.

https://twitter.com/ImranKhanPTI/status/1474703077961711621

އެކަމަކު ދެކޮޅަށް ކުރި އެ ޓުވީޓުތަކަށް ބެއްލެވުމެއް ނެތި އިމްރާން އަދިވެސް ގެންދަވަނީ ލެޕާޑާއި ބެހޭ ޓުވީޓުތައް ކުރައްވަމުންނެވެ. އެގޮތުން އޭގެ ފަހުން ކުރި ޓުވީޓެއްގައި ޅަ ލެޕާޑުތަކެއް ސްނޯގެ ތެރެއިން ހިނގާފައިދާތަން ފެނެ އެވެ.

އެ ޕޯސްޓުގައި ބުނެފައިވަނީ އެ ޖަނަވާރުތަކަށް އަމާން ކަމާއި އެކު ބޮޑެތިވުމުގެ ފުރުސަތު ފަހިވެފައިވަނީ ލެޕާޑު ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް ޕާކިސްތާނު ސަރުކާރުން ގެންގުޅޭ ހަރުކަށި ފިޔަވަޅުތަކުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް