ރަންވީރު ސިންގާއި ދީޕިކާ ޕަދުކޯން، އާ އާހަރު ފާހަގަ ކުރަން ރާއްޖެ އަތުވެއްޖެ އެވެ.
ދެމަފިރިން ރާއްޖެ އައީ އިއްޔެ އެވެ. ދެމަފިރިން ޗުއްޓީއަށް އައީ ރާއްޖެއަށް ކަން އެނގިފައިވަނީ ފުރުމުގެ ކުރިން މުމްބާއީ އެއާޕޯޓުގައި ޕަޕަރާޒީންނާއި ވާހަކަ ދެއްކި އިރު އެހެން ބުނެފައިވާތީ އެވެ.
ދެމީހުން ޗުއްޓީ ހޭދަ ކުރަމުންދާ ރިސޯޓެއް އަދި ނޭނގެ އެވެ. އަދި މިހާތަނަށް ދެމީހުންވެސް އިންސްޓަގްރާމްގައި ރާއްޖޭގެ އެއްވެސް މަންޒަރެއް އަދި ޗުއްޓީ ހޭދަ ކުރަމުންދާ ވާހަކަ ހިއްސާކޮށްފައެއް ނުވެ އެވެ.
މިއީ މިދެމީހުން ރާއްޖެއަށް އާ އަހަރު ފާހަގަ ކުރަން އައި ފުރަތަމަ ފަހަރެއް ނޫނެނެވެ. ކައިވެނީގެ ކުރިންނާއި ފަހުންވެސް ދެމީހުން އާ އަހަރުގެ ޗުއްޓީއަށް ރާއްޖެ އައިސްފައިވެ އެވެ.
ރަންވީރާއި ދީޕިކާ ކައިވެނި ކުރީ 2018 ވަނަ އަހަރު އެވެ.
މި ދެ ތަރިންގެ އިތުރުން ބޮލީވުޑްގެ ތަރިން ކަމަށްވާ ރިތިކް ރޯޝަންގެ އާއިލާ އާއި އަކްޝޭ ކުމާރުގެ އާއިލާވެސް އާ އަހަރުގެ ޗުއްޓީއަށް މިހާރު ތިބީ ރާއްޖެ އައިސްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް