ޗައިނާއާ ދެމެދު ކުރާ އިމްޕޯޓު އެކްސްޕޯޓުގައި ސްރީލަންކާއަށް ބޮޑު ގެއްލުމެއް!

ޗައިނާ އާއި ސްރީލަންކާ އާއި ދެމެދު ވެފައިވާ ވިޔަފާރީގެ އެއްބަސްވުންތަކުގެ ދަށުން ޗައިނާއަށް އެކްސްޕޯޓު ކުރެވޭ މުދަލުގެ މިންވަރު ދަށްވެ ލަންކާއަށް ގެއްލުން ވާން ފަށައިފި އެވެ. ލަންކާގެ ކަސްޓަމްސް، ސެން...

28 Dec 2021 | 04:29

ޗައިނާ އާއި ސްރީލަންކާ އާއި ދެމެދު ވެފައިވާ ވިޔަފާރީގެ އެއްބަސްވުންތަކުގެ ދަށުން ޗައިނާއަށް އެކްސްޕޯޓު ކުރެވޭ މުދަލުގެ މިންވަރު ދަށްވެ ލަންކާއަށް ގެއްލުން ވާން ފަށައިފި އެވެ.

ލަންކާގެ ކަސްޓަމްސް، ސެންޓްރަލް ބޭންކް އޮފް ސްރީލަންކާ އެންޑް އެކްސްޕޯޓު ޑިވެލޮޕްމެންޓު ބޯޑުގެ ހިސާބުތައް ދައްކާ ގޮތުން 2018 ވަނަ އަހަރުން ފެށިގެން ޗައިނާއަށް އެކްސްޕޯޓު ކުރެވޭ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އޭގެ ފަހުން މިދިޔަ އަހަރު އެގައުމުން ޗައިނާއަށް އެކްސްޕޯޓު ކޮށްފައިވަނީ 223 މިލިއަން އެމެރިކާ ޑޮލަރުގެ ތަކެއްޗެވެ.

ލަންކާއިން ޗައިނާއަށް އެކްސްޕޯޓު ކުރާ ތަކެތީގެ ތެރޭގައި އެންމެ ގިނައީ ސައިފަތުގެ ބާވަތްތަކެވެ.

ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ އަހަރު ލަންކާއިން އެކްސްޕޯޓު ކުރި މުދަލުގެ 25 ޕަސެންޓު އެމެރިކާއަށް އެކްސްޕޯޓު ކުރި އިރު 10 ޕަސެންޓު އިނގިރޭސިވިލާތަށް އަދި ހަ ޕަސެންޓު އެކްސްޕޯޓު ކޮށްފައިވަނީ ޖަރުމަނުވިލާތަށެވެ. ޗައިނާއަށް މިދިޔަ އަހަރު އެކްސްޕޯޓު ކޮށްފައިވަނީ އެންމެ ދެ ޕަސެންޓުގެ މުދަލެވެ.

އެ ތަފާސް ހިސާބުތަކާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި ލަންކާއަށް އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުންވިޔަސް ޗައިނާއިން ދަނީ ލަންކާއަށް މުދާ އެކްސްޕޯޓުކޮށްގެން ބޮޑު ފައިދާއެއް ނަގަމުންނެވެ. އެގޮތުން މިދިޔަ އަހަރު 3.57 ބިލިއަން އެމެރިކާ ޑޮލަރުގެ ތަކެތި ޗައިނާއިން ލަންކާއަށް އެކްސްޕޯޓު ކޮށްފައިވެ އެވެ.

ޗައިނާއަށް އެކްސްޕޯޓު ކުރުމުގައި ލަންކާ ވިޔަފާރިވެރިންނަށް ގެއްލުންވަމުން ދާއިރު ލަންކާއިން ދަނީ މިކަމުގެ ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ. މީގެ އިތުރުން ލަންކާގައި އުފައްދާ މޭވާ ޗައިނާއަށް އެކްސްޕޯޓު ނުކުރެވޭތީވެސް ހިތްހަމަ ނުޖެހުން އުޅެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް