ޕިކްނިކް އައިލެންޑު ހަވާލު ކުރަން ރައީސް މިއަދު މާފުއްޓަށް ވަޑައިގެންނެވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ކ. މާފުއްޓަށް ވަޑައިގެންނަވަން ހަމަޖެހިއްޖެ އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ރައީސްގެ މި ދަތުރުފުޅަކީ އެއް ދުވަހުގެ ދަތުރ...

28 Dec 2021 | 03:50

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ކ. މާފުއްޓަށް ވަޑައިގެންނަވަން ހަމަޖެހިއްޖެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ރައީސްގެ މި ދަތުރުފުޅަކީ އެއް ދުވަހުގެ ދަތުރެއް ކަމަށެވެ. މި ދަތުރުފުޅަކީ މާފުށީ ކައިރީގައި ހިއްކާފައިވާ ޕިކްނިކް އައިލެންޑު އެ ރަށު ކައުންސިލާގައި ރަސްމީކޮށް ހަވާލު ކުރުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ވިދާޅުވި އެވެ.

މި ދަތުރުފުޅުގައި އެ ރަށުގެ މުހިންމު ތަންތަނަށް ރައީސް ސޯލިހު ޒިޔާރަތް ކުރައްވާނެ އެވެ. އަދި ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އާއި ބައްދަލު ކުރައްވާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މާފުށި ކައިރީގައި ހިއްކި ޕިކްނިކް އައިލެންޑުގެ މަޝްރޫއު ހަވާލު ކޮށްފައިވަނީ އެމްޓީސީސީ އާއި އެވެ. އެ ކުންފުނިން ބުނީ މިމަހުގެ 19 ވަނަ ދުވަހު އެ ތަނުގެ ބިން ހިއްކާ ނިންމާފައިވާ ކަމަށެވެ.

އެއީ ދެ ހެކްޓަރުގެ ބިމެކެވެ. މިހާރު ކުރިޔަށް ދަނީ ޕިކްނިކް އައިލެންޑުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތެވެ.

މިއީ 10.8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް